06 Jan 2011, 04:47
ޓޯކިޔޯ ނޫއުރަހައިގެ ބޮޑުކަންނައްޔެއް ޓޯކިޔޯގެ ތޮސޮކޮޖީ މަސްމާރުކޭޓުގައި 4 ލައްކަ ޑޮލަރަށް ވިއްކާލައިފި އެވެ. 342 ކިލޯގްރާމް ހުރި މި ކަންނެލީގެ ކިލޯއަކަށް ޖެހިފައިވަނީ 1157 އެމެރިކާ ޑޮލަރެވެ. ޖަޕާނުގެ ރައްޔިތުންނަށް އެންމެ މީރުމަހަކީ ބޮޑު ކަންނެލިމަހެވެ. އޭގެ ތެރެއިންވެސް ބްލޫފިން ޓޫނާ ނުވަތަ ނޫއުރަހައިގެ ބޮޑުކަންނައްޔަކީ ޖަޕާނުގެ ގިނަބަޔަކު ބޮޑުއަގުގައި ގަނެގެން ކާމަހެކެވެ. ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގައި ބާނާ އަދި ހިފާ ބޮޑުކަންނެލީގެ ދެބައިކުޅަ އެއްބައި ކަނީ ޖަޕާނު މީހުންނެވެ. ނަމަވެސް ޖަޕާނެކޭ އެއްގޮތަށް ދެކުނު އިރުމަތީ އޭޝިޔާއާއި އިރުމަތީ އޭޝިޔާގެ އެހެން ޤައުމުތަކުގެ ރައްޔިތުންގެ މެދުގައިވެސް ބޮޑުކަންނެލީގެ މަސް މިހާރުދަނީ މަޤްބޫލުވަމުންނެވެ. މިއީ ޖަޕާނުގެ ތާރީޚުގައިވެސް މިހާބޮޑު އަގެއްގައި ބޮޑު ކަންނެއްޔެއް ވިއްކާލެވުނު ފުރަތަމަ ފަހަރެވެ.