މެލޭޝިއާ އެއާޕޯޓަށް ފުރަން ދިޔަ ފަހުން ގެއްލިގެން ހޯދަމުން އަންނަ މ. ހާޑްރޮކް، ހަމްދާން މުހައްމަދު، 28، ހޯދުމަށް އިންޓަޕޯލް އިން އިއުލާންކޮށްފި އެވެ.

އިންޓަޕޯލްގެ ވެބްސައިޓުގައި ގެއްލިގެން ހޯދާ މީހުންގެ ކެޓަގަރީގައި ހަމްދާންގެ ފޮޓޯއާ އެކު މައުލޫމާތުތައް އޭނާގެ މައުލޫމާތުތައް ވަނީ ހިމަނާފަ އެވެ.

އިންޓަޕޯލްގެ ވެބްސައިޓުގައި ބުނެފައި ވަނީ އޭނާ ގެއްލިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު މެލޭޝިޔާގެ ކުއަލަލަމްޕޫރުން ކަމަށާއި އޭނާގެ މޭމަތީގައި ހުދު ކުލައިގެ ވައް ލަކުނެއް ހުންނާނެ ކަމަށެވެ.

އޭނަގެ މޭމަތީގައި ހުދު ކުލައިގެ ވައް ލަކުނެއް ހުންނައިރު ބީސީޖީ ވެކްސިން ޖެހުމުގެ ސަބަބުން ލާފައިވާ އިތުރު ލަކުނެއް އޭނާގެ ވާތުގައި ހުންނާނެ ކަމަށް ވެސް އެ ވެބްސައިޓުގައި ވަނީ ބުނެފަ އެވެ. އަދި އޭނާގެ ވާތު އަތުގެ މަތީގައި ލަކުނެއް ހުންނާނެ ކަމަށް ވެސް އިންޓަޕޯލްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ހަމްދާންއާ ބެހޭ މައުލޫމާތުގައި ވަނީ ބުނެފަ އެވެ.

ހަމްދާންގެ އާއިލާ އިން ބުނެފައި ވަނީ ގާނޫނީ ރޮނގުން ކިޔެވުމަށްފަހު އެނބުރި ރާއްޖެ އައުމަށް އޭނާ މެލޭޝިޔާ އެއާލައިންސަށް ޗެކިން ކުރި ފަހުން، ފްލައިޓް ފުރަން އޮތް ވަގުތުގެ އިރުކޮޅެއް ކުރިން އޭނައާ ގުޅުނު ކަމަށާއި އޭގެފަހުން އޭނާގެ ޚަބަރެއް ނުވާކަމަށެވެ.