06 Jan 2011, 04:41
ވޮޝިންގޓަން އެމެރިކާގެ ރިޔާސީ އޮފީސް ވައިޓް ހައުސްގެ ތަރްޖަމާންކަމުގެ މަޤާމުގައި ހުންނެވި ރޮބަޓް ގީބްސް މަޤާމުން އިސްތިއުފާދެއްވާނެކަން ހާމަކުރައްވައިފި އެވެ. ގީބްސް ގެ ދަށުން ވައިޓްހައުސްގެ ޕްރެސް އޮފީހުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ އަންނަ ފެބްރުއަރީމަސް ނިމޭ ހިސާބުގައި މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމުގަ އެވެ. ރޮބަޓް ގީބްސްއަކީ އެމެރިކާގެ ސެނެޓްގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ސިޔާސީ ބޭފުޅެކެވެ. އޭނާއަކީ ސިޔާސީ ސްޓްރެޓީޖިކް ރޭވުންތަކުގެ ދާއިރާގެ ތަޖްރިބާކާރެއްގެ އިތުރުން އޭނާއަކީ މީޑިޔާއާ މުޢާމަލާތްކުރުމުގައިވެސް ފުންނާބު އުސްބޭފުޅެކެވެ. އޮބާމާގެ ވެރިކަމުގައި ދެއަހަރު ދުވަހު ވައިޓް ހައުސްގައި ގީބްސް މަސައްކަތްކުރައްވާފައިވެ އެވެ. ގީބްސްގެ މަޤާމް ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާ ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ނައިބުރައީސް ޖޯ ބައިޑެންގެ ތަރްޖަމާން ޖޭ ކާނީ އާއި ވައިޓް ހައުސްގެ މީޑޔާ އޮފިޝަލެއް ކަމަށްވާ ބިލް ބޯޓޮން ހިމެނިވަޑައިގަންނަވަ އެވެ. ގީބްސް އިސްތިއުފާދެއްވުމަށް ނިންމެވީ ވައިޓްހައުސްގެ ބައެއް މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރޭވިފައިވާ ރޭވުމެއްގެ ދަށުން ކަމަށް ޚަބަރުތައް ބުނެ އެވެ.