16 Jun 2014, 21:05
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ދިވެހި، އިސްލާމް އަދި ގުރުއާން ކިޔަވައިދޭ ކުލާސްތައް ފަށައިފިއެވެ.
ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު ވިދާޅުވީ ކުރިން ދިވެހިރާއްޖޭގެ ހައި ކޮމިޝަން ހިންގި އިމާރާތުގައި އެކުލާސްތައް ހިންގަން ފަށާފައި ވަނީ މިއަދު ކަމަށާއި ކުރިއަށް އޮތްތަނުގައި ދާއިމީ ގޮތެއްގައި އެކުލާސްތައް ހިންގާނެ ކަމަށެވެ.
އެކުލާސްތަކާއި ގުޅޭ އިތުރު ތަފްސީލެއް ޒާހިޔާ ނުދެއްވައެވެ.
ލަންކާއަކީ ގިނަ ދިވެހިން ތައުލީމް ހާސިލް ކުރަން ގޮސް އުޅޭ ގައުމެކެވެ. ތަފާސް ހިސާބްތައް ދައްކާގޮތުން 5000 އަށް ވުރެ ގިނަ ދިވެހިން ލަންކާގަިއ ދިރިއުޅެއެވެ.