Last Updated: 1 decade 1 year ago
Last Updated:
1 decade 1 year ago
ވޯލްޑް ކަޕް: ޖަރުމަނު 4-0 ޕޯޗްގަލް
22:51
މެޗު ނިމިއްޖެ. ޖަރުމަން 4-0 ޕޯޗްގަލް.
22:51
ރޮނާލްޑޯ ފޮނުވާލި ބާރު ހިލޭ ޖެހުން ނޮޔާ ދިފާއުކޮށްފި.
22:50
އިތުރު ވަގުތުގެ 2 މިނިޓް.
22:49
މުލާގެ ހެޓްރިކަކީ ވޯލްޑް ކަޕް ތާރީހުގައި މިހާތަނަށް ފެނިގެން ދިޔަ 49 ވަނަ ހެޓްރިކް.
22:40
ޖަރުމަނުގެ ހެޓްރިކް ހީރޯ މުލާގެ ބަދަލުގައި ލޫކަސް ޕޮޑޮލްސްކީ ކުޅެން އަރުވައިފި.
22:40
މިއީ މި މުބާރާތުގައި ފެނިގެން ދިޔަ ފުރަތަނަ ހެޓްރިކް.
22:37
ޖަރުމަނުގެ ހަތަރު ވަނަ ލަނޑު ކާމިޔާކޮށްފި. މިއީ ތޯމަސް މުލާ މި މެޗުގައި ކާމިޔާބުކުރި ތިން ވަނަ ލަނޑު.
22:35
ނާނީ ފޮނުވާލި ބާރު ހަމަލާ ޖަރުމަނު ކީޕަރު މެނުއަލް ނޮޔާ ދިފާއުކޮށްފި.
22:31
ޖަރުމަނުގެ ޑިފެންޑަރު މެޓްސް ހުމެލްސްއަށް އަނިޔާވެގެން އޭނާގެ ބަދަލުގައި ޝްކޮޑްރަން މުސްތަފީ.
22:29
މާރިއޯ ގޮޓްޒާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް އެ ގެއްލުނީ. ޕޯޗުގަލް ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.
22:24
ޕޯޗްގަލްގެ ފަބިއޯ ކޮއެންޓްރާއޯ އަށް އަނިޔާވެގެން ބާލައިފި. ބަދަލުގައި ކުޅެން ނުކުތީ، އަންދްރޭ އަލްމެއިޑާ.
22:22
ޖަރުމަނު ޓީމުން ބަދަލެއް. އާސެނަލް އަށް ކުޅޭ މެސުޓް އޮޒިލްގެ ބަދަލުގައި ކުޅެން އެރުވީ، ޗެލްސީއަށް ކުޅޭ އަންދްރޭ ޝޫލާ.
22:18
22:15
މި މެޗާ ބެހޭގޮތުން މަޝްހޫރު މިއުޒިކް އާޓިސްޓް ރައިހާނާ އޭނާގެ ޓްވީޓެއްގައި ބުނެފައި ވަނީ، މި ދެޓީމަކީ ވެސް އޭނާގެ ފޭވަރިޓް ދެޓީމުކަމަށް. އެހެން ކަމުން މިކަހަލަ މެޗުތަށް ބަލަށް ބޭނުން ނުވާ ކަމަށް.
I hate watching games like this! 2 of my fave teams...
— Rihanna (@rihanna)June 16, 2014
22:06
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ޑިފެންޑަރު މެޓް ހުމެލްސް މިރޭގެ މެޗުގައި ކާމިޔާބު ކުރި ލަނޑަކީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ތިން ވަނަ ލަނޑު. އެ ތިން ލަނޑުވެސް ހުމެލްސް ކާމިޔާބުކުރީ ބޮލުން ޖަހައިގެން.
22:04
ދެވަނަ ހާފުގެ ކުޅުން ފެށިއިރު ޕޯޗްގަލް ޓީމުން މިވަނީ ބަދަލެއް ގެނެސްފައި، މިގުއެލްގެ ބަދަލުގައި ކުޅެން އެރީ ކޮސްޓާ.
22:00
މެޗެއްގައި ސީދާ ރަތްކާޑެއް ދައްކައިގެން ޕޯޗުގަލް ކުޅުންތެރިއަކު ދަނޑުން ފޮނުވާލި، މިއީ ޖެހިޖެހިގެން އައި ހަތަރުވަނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް. އެޓީމަށް ވަނީ ހުރިހާ ވޯލްޑް ކަޕެއްގައި ޖުމުލަ 6 ރަތްކާޑު ދައްކާފައި.
21:57
މެޗުގެ ފުރަތަމަ ހާފުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބޯލް ޕޮސެޝަން، ޖަރުމަން 52، ޕޯޗްގަލް 48، ގޯލަށް އަމާޒު ކުރި ބޯޅަ، ޖަރުމަން 5، ޕޯޗްގަލް 3، އުފެއްދި ހަމަލާތަކުގެ އަދަދު، ޖަރުމަނު 8، ޕޯޗްގަލް 6.
21:48
ފުރަތަމަ ހާފު ނިމިއްޖެ. ޖަރުމަން 3-0 ޕޯޗްގަލް.
21:46
ޕޯޗުގަލް ޕެނަލްޓީ އޭރިޔާ ތެރެއިން ތޯމަސް މުލާ ފޮނުވާލި ބާރު ހަމަލާ ގޯލްކީޕަރުގެ ފައިގައި ޖެހިފައި ގޯލްތެރެއަށް ވަނީ.
21:46
ޖަރުމަނު ތިން ވަނަ ލަނޑު ޖަހައިފި.
21:41
ޕެޕޭއަށް ރަތްކާޑޫ ދެއްކީ، ކުޅުމުން ބޭރުގައި ތޯމަސް މުލާއަށް ހަމަލާދިނުމުން. މުލާ ވެއްޓިފައި އޮއްވައި، ޕެޕޭ ވަނީ އޭނާގެ ބޮލުން މުލާގެ ބޮލުގައި ޖަހާފައި.
21:37
ޕޯޗުގަލް ޓީމުގެ ޕެޕޭއަށް ރަތްކާޑު ދައްކައިފި.
21:32
ޕޯޗުގަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން މެޓް ހުމެލްސް ފޮނުވާލި ބޯޅަ ކީޕަރުގެ އަތްމަތިން ގޯލްގެ ތެރެއަށް.
21:31
ޖަރުމަނުގެ ދެވަނަ ލަނޑު.
21:28
ޕޯޗުގަލް ޓީމުގެ ހޫގޯ އަލްމެއިޑާއަށް އަނިޔާވެގެން ބަދަލުކޮށްފި. އޭނާގެ ބަދަލުގައި ކުޅެން އެރުވީ، އެޑާ.
21:25
ޖަރުމަނުން މިރޭގެ މެޗުގައި ކާމިޔާބު ކުރި ލަނޑާ އެކު އެޓީމުން ވަނީ، ވޯލްޑް ކަޕް މެޗުތަކުގައި ފުރަތަމަ ލަނޑު ޖެހުމުގެ އާ ރެކޯޑެއް ގާއިމް ކޮށްފައި. މިއީ މެޗުގެ ފުރަތަމަ ލަނޑު ވޯލްޑް ކަޕް މެޗެއްގައި ޖަރުމަނު ކާމިޔާބުރި 60 ވަނަ ފަހަރު. މީގެ ކުރިން މި ރެކޯޑް އޮންނަނީ ބުރެޒިލްއަށް. އެޓީމު ވަނީ، 59 މެޗުގައި ފުރަތަމަ ފަހަރަށް ލަނޑު ޖަހައިގެން މެޗުގެ ލީޑު ނަގާފައި.
21:23
މި މެޗުގައި މުލާ ކާމިޔާބުކުރި ޕެނަލްޓީއަކީ، 1994ގައި ބަލްގޭރިއާ ކޮޅަށް ލޮދާ މެތާއުސް ކާމިޔާބު ކުރި ޕެނަލްޓީއަށް ފަހު، މެޗެއްގެ ކުޅުމުގެ ތެރޭގައި ޖަރުމަނު ލަނޑު ޖެހި ފުރަތަމަ ވޯލްޑް ކަޕް ޕެނަލްޓީ.
21:11
ޖަރުމަނަށް ލިބުނު ޕެނަލްޓީން ތޯމަސް މުލާ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފި.
21:10
ޖަރުމަނަށް ޕެނަލްޓީއެއް.
21:07
ޕޯޗުގަލުން ހަމަލާއެއް އުފައްދައިފި. ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ ކީޕަރު ނޮޔާ ދިފާއުކުރީ.
21:02
ޕޯޗުގަލްގެ ފުރަތަމަ 11:
ރުއި ޕެޓްރީސިއޯ
ބްރޫނޯ އަލްވޭސް
ފަބިއޯ ކޮއެންޓްރާއޯ
ޕެޕޭ
ޖޮއާއޯ ޕެރޭރާ
މިގެލް ވެލޯސޯ
ނާނި
ރައުލް މެރޭލޭސް
ޖޮއާއޯ މޫޓީނިއޯ
ހޫގޯ އަލްމޭޑާ
ކްރިސްޓިއާނޯ ރޮނާލްޑޯ
ރުއި ޕެޓްރީސިއޯ
ބްރޫނޯ އަލްވޭސް
ފަބިއޯ ކޮއެންޓްރާއޯ
ޕެޕޭ
ޖޮއާއޯ ޕެރޭރާ
މިގެލް ވެލޯސޯ
ނާނި
ރައުލް މެރޭލޭސް
ޖޮއާއޯ މޫޓީނިއޯ
ހޫގޯ އަލްމޭޑާ
ކްރިސްޓިއާނޯ ރޮނާލްޑޯ
21:00
މެޗު ފަށައިފި.
20:59
ޖަރުމަނުގެ ފުރަތަމަ 11:
މެނުއެލް ނޯޔާ
ޕާ މަޓަސޭކާ
ފިލިޕް ލާމް
ޖެރޯމް ބޯޓެންގް
މެޓްސް ހުމެލްސް
ބެނެޑިކްޓް ހޮވެޑެސް
ސަމީ ކެޑީރާ
މެސުޓް އޮޒިލް
މާރިއޯ ގޮޓްޒޭ
ޓޯނީ ކްރޫސް
ތޯމަސް މުލާ
20:55
މެޗު ފެށުމަށް ދެޓީމު ކުޅުންތެންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ. ޖަރުމަނުގެ ގައުމީ ސަލާމަށް ފަހު މިހާރު ކުރިއަށް ދަނީ، ޕޯޗްގަލްގެ ގައުމީ ސަލާމް.