16 Jun 2014, 19:44
އެކްސްއެލް އެނާޖީ ލިމިޑެޓް އޯވަ ކްރިކެޓް މުބާރާތުގެ ހަތަރުވަނަ މެޗުގައި މިއަދު އޮފްއެފްސީއާއި ބައްދަލުކޮށް 31 ލަނޑުން ކާމިޔާބު ކޮށް ސީބީއެލް ސްޕޯޓްސް ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިއަދު ޓޮސް ދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅުމަށެވެ. ކުޅެންފަށާއި ވިއްސާރަވުމުގެ ސަބަބުން މެޗް 28 އޯވަރަށް މަދުކުރިއެވެ. ކުޅެ ނިމުނުއިރުސީބީއެލްވަނީ 171 ލަނޑުހަދާފައެވެ. ނަމަވެސް ޑީއެލް ހެދުމުން އޮފްއެފްސީގެ ޓާގެޓްއަކަށްވީ 192 ލަނޑުއެވެ.
މިއިނިންގްސްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއްދެއްކީ 24 ލަނޑުހެދި އަލީ ސުނާންއެވެ. އޮފްއެފްސީގެ ޓީމުން އަފްސާހްއަދި ސަކީ ކޮންމެ އުކުންތެރިއެއް ދެވިކެޓްނެގިއެވެ.
ޖަވާބުގައި އޮފްސެފްސީ ކުޅެންއަރާ 28 އޯވަރު ހަމަވީއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 160 ލަނޑުއެވެ. އެންމެ ރަނގަޅަށް ކުޅުނީ 61 ލަނޑުހެދި އާދަމް ނާސިފް އުމަރުއާއި 22 ލަނޑުހެދި މުހައްމަދު ސަދުހާންއެވެ. މިއިނިންގްސްގައި މަހުމޫދު ރިޔާޒް ތިން ވިކެޓްނެގިއެވެ.
ސީބީއެލް ސްޕޯޓްސް ހަ ޕޮއިންޓާއެކު އެއް ވަނަ މަގާމްގައި އޮތްއިރު، ދެ ވަނަ މަގާމްގައި އޮތީ އޮފްއެފްސީ އާއި މާލޭ ސްޕޯޓްސް ކުލަބް ބީ އެވެ. މިއިން ކޮންމެ ޓީމަކަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އަދި އެންމެ ފުލުގައި އޮތް ވެސްޓް ސްޕޯޓްސްއަށް ޕޮއިންޓެއް ނުލިބެއެވެ.
މިމުބާރާތުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހުއެވެ. އެމެޗުގައި ބައްދަލުކުރާ ދެޓީމަކީ އޮފް އެފްސީއާއި މާލެ ސްޕޯޓްސް ކުލަބެވެ.