05 Jan 2011, 16:57
ތެހެރާން: ބޭރުގެ ބޭންކްތަކުގައިވާ އީރާނުގެ ބޭރުފައިސާގެ ރިޒާވް އަނބުރައި ޤައުމަށް ގެނަސްފިކަން އެޤައުމުން ހާމަކޮށްފިއެވެ. މިކަން ހާމަކުރައްވަމުން އީރާނުގެ މަރުކަޒީ ބޭންކުން ބުނީ ބޭރުގެ ބޭންކުތަކުގައިވާ އީރާނުގެ ބޭރު ފައިސާގެ ރިޒާވް އަބުރައި ޤައުމަށް ގެނެވިއްޖެ ކަމުގައެވެ. މިކަމުގެ އެއް ބޭނުމަކީ މިފައިސާ ބޭރުގެ ބޭންކްތަކުގައި ހުއްޓާ ގަނޑުކޮށްފާނެކަމުގެ ބިރު އޮތުން ކަމަށާ އަނެއް ބޭނުމަކީ އީރާނުގެ ތަރައްޤީގެ މަޝްރޫޢުތަކަށް މިފައިސާ އިންވެސްޓް ކުރުން ކަމުގައެވެ. ޤައުމަށް އަނބުރައި ގެނެވުނު ބޭރުފައިސާގެ ރިޒާވްގެ 70% ޤައުމުގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި އުފެއްދުންތެރިކަމުގެ މަޝްރޫޢުތަކަށް އިސްވެސްޓްކުރަން ރޭވިފައިވާ ކަމަށްވެސް އީރާންގެ މަރުކަޒީ ބޭންކުން ބުނެއެވެ. ބޭރުގެ ބޭންކްތަކުގައިވާ އީރާނުގެ ބޭރުފައިސާގެ ރިޒާވް ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރެއެވެ. އީރާނުގެ މަރުކަޒީ ބޭންކުގެ ލިޔުންތައް ދައްކާގޮތުން މިޢަދަދު ސަތޭކަ ފަންސާސް ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެެވެ.