‏ފިނޭންސް މިނިސްޓްރީގެ ނާއިބް ކަމުގެ މަގާމުގައި ހުންނެވި ގަލޮޅު އާސާނީ މުހައްމަދު އަޝްމަލީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ރައީސް އަބްދުﷲ ޔާމީން ބަދަލުކުރައްވައިފިއެވެ.

އަޝްމަލީ އެ މިނިސްޓްރީގެ ނާއިބް ކަމުގައި މިހާތަނަށް ހުންނެވީ، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) ހިންގަވާ އެންމެ އިސްވެރިއެއްގެ ގޮތުގައި ކަމަށެވެ.

އަޝްމަލީއަކީ ޕީޕީއެމްގެ ބޭފުޅެކެވެ. އޭނަ ވަނީ ރައީސް އަބްދުﷲ ޔާމިންގެ ރިޔާސީ ކެމްޕޭންގައި އެމަނިކުފާނުގެ ދިފާއުގައި މީޑިއާގައި ވާހަކަފުޅު ދައްކަވާފަ އެވެ. އަޝްމަލީއަކީ ޑީއާރްޕީ ބައިބައިވެގެންދިޔައިރު ޒެޑް ފެކްޝަންގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.