ކްރިމިނަލް ކޯޓުގެ ރިސެސް ފަށައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ ކޯޓުގެ ރިސެސް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އޭނާ ވިދާޅުވީ ރިސެސްގެތެރޭގައި މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް ކޯޓުން ކުރަމުން އަންނަ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެ ކަމަށެވެ. އޭގެތެރޭގައި މުއްދަތުގެ މަސައްކަތްތަކާއި، އިދާރީ މަސައްކަތްތަށް ހިމެނޭ ކަމަށް ވެސް މަނިކު ވިދާޅުވިއެވެ.