16 Jun 2014, 12:15
ސަންފްރަންޓް ލިވިންގް އިން ކޮންމެ އަހަރެއްގެ ރޯދަމާ ދިމާކޮށް ބާއްވަމުން އަންނަ "ސަންފްރަންޓް ލިވިންގް މިރަކަލް ސޭލް" އިން ކޮންމެ ދުވަހަކު ބައިސްކަލެއް ލިބޭ ލަކީޑްރޯއެއް ފަށައިގެން ކުރިއަށް އެބަދެ އެވެ.
ސަންފްރަންޓް ލިވިންގެ މެނޭޖަރު އިކްރާމް މުހައްމަދު "ސަން" އަށް ވިދާޅުވީ، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފެށި އެ ލަކީޑްރޯގައި، ސަންފްރަންޓް މިރަކަލް ސޭލް އިން ކޮންމެ ދުވަހަކު ވިޔަފާރި ކުރައްވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހަދިޔާއެއްގެ ގޮތުން، ބައިސްކަލެއް ލިބޭނެ ކަމަށެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ރެއާ ހަމައަށް ކުރިއަށްދާ އެ ލަކީޑްރޯގެ ގުރުއަތުލުން ނަގަނީ ކޮންމެ ރެއެއްގެ ވެސް 11:00 ޖަހާއިރު އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ސަންފްރަންޓް ލިވިންގް މިރަކަލް ސޭލްގައި 10 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭ އިރު، ވިޔަފާރި ކުރައްވާ ފަރާތްތަކަށް ވަގުތުން އިނާމު ލިބި، ކޮންމެ ހަފްތާ އަކު ސަޕްރައިޒް އިނާމެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށް ހިންގާ ޕްރޮމޯޝަނެއް ކަމަށް ސަން ފްރަންޓުން ބުންޏެވެ.
މީގެ އިތުރުން، ސޭލް އިން ވިއްކާ ފަރުނީޗަރު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން، ދޯނި ފަހަރަށް ވެސް ހިލޭ ޑެލިވާކޮށްދެ އެވެ.