ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ރަތްކާޑު މިހާތަނަށް ދައްކާފައި ވަނީ ބްރެޒިލް އަށެވެ. އެޓީމަށް މިހާތަނަށް 11 ރަތް ކާޑު ދައްކާފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ރަތްކާޑު ދައްކާފައި ވަނީ އާޖެންޓީނާއަށެއެވެ. އެއީ 10 ރަތްކާޑެވެ. ދެން އެންމެ ގިނަ ރަތްކާޑު ދައްކާފައި ވަނީ އުރުގުއާއީ އަށެވެ. އެޓީމަށް މިހާތަނަށް ނުވަ ރަތްކާޑު ދައްކާފައި ވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް 1930 ވަނަ އަހަރު ވުޖޫދަށް އައިއިރު އެ މުބާރާތުގައި މިއަދާ ހަމައަށް މުޅި ޖުމުލަ 159 ރަތްކާޑު ދައްކާފައި ވެއެވެ.

ވޯލްޑް ކަޕުގައި ކުޅެފައިވާ ޓީމްތަކަށް ދައްކާފައި ވާ ރަތްކާޑަށް ބަލާއިރު އޮސްޓްރޭލިޔާއިން 10 މެޗް ކުޅެ ހަތަރު ރަތް ކާޑު ހޯދާފައި ވެއެވެ. އެއީ މެޗެކަށް 0.40 ޕަސެންޓެވެ. ކެމަރޫން 20 މެޗްކުޅެ ހަތް ރަތްކާޑު ހޯދާފައި ވާއިރު އެއީ މެޗެކަށް 0.35 ޕަސެންޓްއެވެ. ކްރެއޭޝިޔާއަށް 13 މެޗުން 3 ރަތްކާޑު ދައްކާފައި ވާއިރު އެއީ މެޗަކަށް0.23 ޕަސެންޓެއެވެ. އަލްޖީރިޔާ އަދި ދެކުނު އެފްރިކާ މިއިން ކޮންމެ ޓީމެއް ނުވަ މެޗު ކުޅެފައި ވާއިރު މިއިން ކޮންމެ ޓީމަކުން 2 ރަތްކާޑު ހޯދާފައި ވެއެވެ. އެއީ މެޗަކަށް 0.22 ޕަސެންޓް އެވެ. ޕޯޗުގަލްއިން ވެސް ވަނީ މިއަދަދަށް ޕަސެންޓް ހޯދައިފައެވެ. އެއީ 23 މެޗު ކުޅެގެން ފަސް ރަތްކާޑެވެ.

ވޯލްޑް ކަޕްގައި ތުރުކީ މިހާތަނަށް ކުޅުނު 10 މެޗުން ދެ ރަތްކާޑު ހޯދާފައި ވާއިރު އެވްރެޖް ގޮތެއްގައި އެއީ މެޗަކަށް 0.20 ޕަސެންޓެވެ. ޑެންމާކުން 16 މެޗްކުޅެ ތިން ރަތްކާޑު ހޯދާފައި ވާއިރު އެއީ މެޗެކަށް 0.19 ޕަސެންޓްއެވެ. އުރުގުއާއީ ނުވަ ރަތްކާޑު ހޯދާފައި ވަނީ 47 މެޗު ކުޅެގެންނެވެ. އެއީ މެޗަކަށް 0.17 ޕަސެންޓެވެ. ހޮލެންޑުން 43 މެޗު ކުޅެ ހަތް ރަތްކާޑު ހޯދާފައި ވާއިރު އެއީ މެޗަކައް 0.16 ޕަސެންޓެވެ.

މަޝްހޫރު އިނގިރޭސިވިލާތުން ކުޅުނު ކުޅުނު 59 މެޗުން އެޓީމަށް ތިން ރަތްކާޑު ދައްކާފައި ވެއެވެ. އެއީ 1986 ގައި ރޭ ވިލްކިންސްއަށް، 1998 ގަ ޑޭވިޑް ބެކަމްއަށް އަދި 2006 ގަ ވޭން ރޫނީއށް ދެއްކި ރަތްކާޑެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތިން މެޗެއްގައި ޗެކްރިޕަބްލިކާއި ސާބިޔާއަށް ވެސް ވަނީ ދެ ރަތްކާޑު ދައްކައިފައެވެ. އެންމެ ފަހުގެ ވޯލްޑްކަޕްގެ ޗެންޕިއަން ސްޕެއިން މިހާތަނަށް 56 މެޗް ކުޅުނު އިރު އެޓީމަށް ދައްކާފައި ވަނީ އެންމެ ރަތްކާޑެކެވެ.

ވޯލްޑް ކަޕްގެ ތާރީހުން ފެންނަ ގޮތުގަ މިހާތަނަށް ދެއްކި 159 ރަތްކާޑުގެ ތެރެއިން 22 ރަތްކާޑު ދައްކާފައި ވަނީ މެކްސިކޯގެ ރެފްރީންނެވެ. އޭގެތެރެއިން ބައިކުޅަ ބައި ކާޑު ދައްކާފައި ވަނީ ދެކުނު އެމެރިކާ ޓީމްތަކަށެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މެކްސިކޯ ރެފްރީންގެ ތެރެއިން މާކޯ ރޮޑްރިގޭޒް ފާއިތުވެ ދިޔަ ދެ ވޯލްޑްކަޕެއްގައި ހަތަރު ރަތްކާޑު ދައްކާފައި ވެއެވެ. އެ ޓީމު ތެރޭގަ ޕެރަގުއާއި، ސާބިޔާ، އޮސްޓްރޭލިޔާ އަދި ޗިލީ ހިމެނެއެވެ.