Last Updated: 1 decade 1 year ago
Last Updated:
1 decade 1 year ago
ވޯލްޑް ކަޕް: ފްރާންސް 3-0 ހޮންޑިއުރަސް
01:52
މެޗު ނިމިއްޖެ. ފްރާންސް 3-0 ހޮންޑިއުރަސް.
01:50
އިތުރު ވަގުތުގެ 3 މިނިޓް.
01:37
ފްރާންސް ޓީމުން އަނެއްކާ ވެސް ބަދަލެއް. ވަލްބިއުނާގެ ބަދަލުގައި ޖިރޫ ކުޅެން އަރައިފި.
01:31
ބެންޒެމާ ހެޓްރިކެއް ހަދައިފި. ފްރާންސް 3-0 ހޮންޑިއުރަސް.
01:25
ފްރާންސް ޓީމުން އަނެއްކާ ވެސް ބަދަލެއް. ޔޯހަން ކަބާޔޭގެ ބަދަލުގައި ކުޅެން އެރުވީ، އެންޓޯނިއޯ މަވޫބާ.
01:15
ފްރާންސް ޓީމުން ބަދަލެއް. ޕައުލް ޕޮގްބާގެ ބަދަލުގައި ކުޅެން ނުކުތީ މޫސާ ސިސޯކޯ. އަދި ހޮންޑިއުރަސްއިން ވެސް މި ވަނީ ބަދަލެއް ގެނެސްފައި. އެންޑީ ނާޖަރުގެ ބަދަލުގައި ކުޅެން ނުކުތީ ޖޯޖް ކްލާރޮސް.
01:07
ގޯލް ލައިން ހުރަސްކުރިތޯ ޔަގީން ކުރީ ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކޮށްގެން.
01:06
ފްރާންސްގެ ދެވަނަ ލަނޑު ބެންޒެމާ ކާމިޔާބު ކޮށްދީފި.
01:06
ދެވަނަ ހާފް ފަށައިފި.
00:49
ފުރަތަަމަ ހާފް ނިމިއްޖެ.
00:46
އިތުރު ވަގުތުގެ 3 މިނިޓް.
00:44
ފްރާންސަށް ލިބުނު ޕެނަލްޓީން ކަރިން ބެންޒެމާ ލަނޑު ޖަހައިފި.
00:42
ވިލްސަން ޕަލަޝިއަސްއަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި.
00:29
ހަމަނުޖެހުމާ ގުޅިގެން ޕޮގްބާއަށް ވެސް ރެފްރީ މިވަނީ ރީނދޫ ކާޑެއް ދައްކާފައި.
00:28
ޕޮގްބާއަށް ފައުލް ކުރުމާ ގުޅިގެން ޕަލަޝިއަސްއަށް ރީނދޫ ކާޑެއް ދައްކައިފި.
00:07
ފްރާންސްގެ ޕެޓްރިސް އެވްރާއަށް ރީނދޫ ކާޑެއް ދައްކައިފި.
00:06
މެޗުގެ ހަ މިނިޓްގެ ކުޅުން ނިމިއްޖެ. އަދި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވޭ.