‏މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި ހ. ‏‏ސަނޯރާމާ އާއިޝަތު ޒާހިރާގެ މަގާމުގެ މުއްދަތު، އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހަށް ހަމަވާތީ، އެކަމަނާ އެމަގާމަށް އަލުން އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެކަމަނާގެ ނަންފުޅު ރައީސް މަޖިލީހަށް ފޮނުއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް ރިއާޔަތްކުރާއިރު، ‏‏އެމަގާމަށް އިތުރު ދައުރަކަށް އެކަމަނާ އައްޔަނު ކުރުމުގެ ފުރުސަތު އޮތުމުންކަމަށެވެ.