މިހާރު ކުރިއަށްދާ އެކްސްއެލް އެނާޖީ ލިމިޑެޓް އޯވާ ކްރިކެޓް މުބާރާތުގެ ތިން ވަނަ މެޗް ވެސްޓް ސްޕޯޓްސް ކްލަބާ ބައްދަލުކޮށް 189 ލަނޑުން މާލޭ ސްޕޯރޓްސް ކްލަބް ބީޓީމުން ކާމިޔާބުކޮށްފި އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކުރިކެޓް ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ ޓޮސްދިމާވުމުން ވެސްޓް ގަސްދުކުރީ ހޮވުމަށެވެ. މާލޭ ސްޕޯޓްސް ކްލަބް ބީީ ކުޅެންއަރާ 39 އޯވަރުގެތެރޭގަައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 243 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 43 ލަނޑުހެދި އާދަމް ޒަމީލްއާއި 41 ލަނޑުހެދި މުހަންމަދު ރަޒާން އެވެ.

ވެސްޓް ސްޕޯޓްސް ކްލަބުން އެންމެ ރަނގަޅަށް އުކީ 53 ލަނޑަށް ހަތަރު ވިކެޓްނެގި މުހަންމަދު ފައިސަލް އެވެ. ޖަވާބުގައި ވެސްޓް ކުޅެންއަރާ 21 އޯވަރުތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 54 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 17 ލަނޑުހެދި މުހަންމަދު އަނަަސް އެވެ.

އިއްޔެ މެޗުގެ މާލޭ ސްޕޯރޓްސް ކްލަބް ބީގެޓީމުން އެންމެ ރަނގަޅަށް އުކީ 10 ލަނޑަށް ފަސް ވިކެޓްނެގި އަހްމަދު ސަލްމާން ޒަކީއާއި ހަތަރު އޯވަރު 11 ލަނޑަށް ދެވިކެޓްނެގި ހުސެން މަފާޒް އެވެ.

މުބާރަތުގައި މާދަމާ ކުލޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ އޮފް އެފްސީ އާއި ސީބީއެލް ސްޕޯޓްސްގެ ޓީމެވެ. މެޗް ފަށާނީ ހެދުނު 9:00ގަ އެވެ.