ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީއާ ދެކޮޅަށް އިންގްލެންޑުން ކުޅޭނީ އެޓޭކިން ފުޓްބޯޅައެއް ކަމަށް އިންގްލެންޑުގެ ކެޕްޓަން ސްޓީވެން ޖެރާޑް ބުނެފި އެވެ.

ރާއްޖެ ގަޑިން މިރޭ މެންދަމު 3:00ގައި ބްރެޒިލްގެ އެރިނާ އެމަޒޯނިއާ ސްޓޭޑިއަމްގައި އިޓަލީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކެޕްޓަން ޖަރާޑް ބުނީ، މިރޭގެ މެޗަކީ ވާދަވެރި އަދި ފޯރިގަދަވެގެން ދާނެ މެޗެއް ކަމަށެވެ. އިޓަލީއާ ދެކޮށް މުޅި ޓީމުވެސް ނުކުންނާނީ 2012 ޔޫރޯގައި އިޓަލީ އަތުންވި ބަލި ހަނދާންތައް ނައްތާލައި މިރޭގެ މެޗް ކާމިޔާބު ކުރުމުގެ އުންމީދުގައި ކަމަށެވެ.

"އިޓަލީއަކީ ބަލިޓީމެއް ނޫން. އިޓަލީ އަތުން މޮޅުވުމަށް ހުރިހާ ކުޅުންތެރިން ވެސް ވަރަށް މަސައްކަތް ކުރަން ޖެހޭ. އަހަރުމެން އިޓަލީއާ ދެކޮޅަށް ކުލޭނީ އެޓޭކިން ފުޓްބޯޅައެއް،" ކެޕްޓަން ޖަރާޑް ބުޏްނެވެ.

ކެޕްޓަން ޖެރާޑް ބުނީ، އިޓަލީއާ ދެކޮޅަށް ނުކުނައިރު ޓީމުގައި އަނިޔާގެ މާބޮޑު މައްސަލައެއް ނެތް ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ތިބީ އިޓަލީ މެޗަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި އިޓަލީ ކުޅުންތެރިންގެ ހުރިހާ ވެސް ޓާގެޓަކަށް ވެފައި ވަނީ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން، ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑް ނެގުން ކަމަށް ވެސް ޖަރާޑް ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގައި އިންގްލެންޑާއި އިޓަލީ ހިމެނޭއިރު، ދެސް މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމަކީ އުރުގުއާއި ކޮސްޓެރިކާއެވެ. އަދި އުރުގުއޭ އާއި ކޮސްޓެރިކާ ކުޅޭމެޗް މިރޭ 12:00ގައި ފަށާނެ އެވެ.