ވޯލްޑް ކަޕްގެ ގްރޫޕް ސީގެ ފުރަތަމަ މެޗުގައި މިރޭ ގްރީސް އާއި ދެކޮޅަށް ކޮލަމްބިއާ ނުކުންނައިރު، ކޮލަމްބިއާގެ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ފްރާންސްގެ މޮނާކޯއަށް ކުޅެމުން އަންނަ ރަޑެމެލް ފަލްކާއޯ މިފަހަރުގެ ޓީމަކު ނުހިމެނެ އެވެ.

މެޗްގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ފަލްކާއޯގެ އިތުރުން އެޑްވިން ވެލެންސިޔާ އާއި އަލްޑޯ ރެމިރޭޒް އަށް އަނިޔާވެފައިވާ އިރު، ފްރެޑީ ގުއަރިން ވަނީ ކާޑު ހަމަވުމުގެ ސަބަބުން މިރޭގެ މެޗަށް ސަސްޕެންޑް ވެފައެވެ.

މިއީ 16 އަހަރު ފަހުން ކޮލަންބިއާ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ފުރަތަމަ ފަހަރެވެ. ކޮލަންބިއާ އަކީ ދެކުނުއެމެރިކާގެ ކޮލިފިކޭޝަންގަ އެންމެ ޑިފެންސިވް ރެކޯޑް އޮތް ޓީމެވެ. ކޮލިފައިންގައި 16 މެޗު ކޮލަމްބިއާ ކުޅުނު އިރު، 13 މެޗްގަ ބައިކޮޅަށް ގޯލެއް ވަދެފައެއް ނުވެ އެވެ.

މިހާތަނަށް ފުޓްބޯޅައިގެ މައިދާނުގައި ދެ ޓީމުގެ ވާދަކުރުންތައް ބަލައިލާއިރު، މި ދެޓީމް އެންމެ ފަހުން ވާދަކޮށްފަވަނީ 1994 ވަނަ އަހަރު އެމެރިކާގެ ނިޔޯކުގަ އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗު ކޮލަންބިޔާއިން ކާމިޔާބު ކުރީ 2-0 އިންނެވެ.

ވޯލްޑްކަޕްގަ ކޮަލަންބިއާ މިހާތަނަށް 13 މެޗެއް ކުޅެފައިވާއިރު، އަށް މެޗަކުން ބަލިވެ، 3 މެޗުން މޮޅުވެ، 2 މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިހާތަނަށް ކޮލަންބިއާ ކުޅުނު ވޯލްޑް ކަޕްގެ މެޗްތަކުގައި ބޯޅަ ހިފަހައްޓައިގެން ކުޅުނު ޕަސެންޓް އުޅެނީ 85 އާއި 58 އާ ދޭތެރޭގަ އެވެ. މިއީ 1966 ވޯލްޑް ކަޕުގު ފަހުން ވޯލްޑް ކަޕުގެ ފަހުން އެއްވެސް ގައުމަކަށް ހޯދިފައިވާ ޕަސަންޓެއް ނޫނެވެ.

ކޮލަންބިއާ އަކީ ދެކުނު އެމެރިކާގެ ކޮލިފިކޭޝަންގަ އެންމެ ގިނަ ޝޮޓް އިދިކޮޅު ގޯލައް އަމާޒުކުރެވުނު ޓީމެވެ. އެ ޓީމުން ވަނީ ޖުމްލަ 99 ޝޮޓް ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. އަދި ހަމަ ކޮލިފިކޭޝަންގަ އެންމެ ގިނަ ކޯނަރު ލިބިނު ޓީމަކީ ވެސް ކޮލަމްބިއާ އެވެ. އެއީ 62 ކޯނަރެވެ.

ކޮލަންބިއާގެ ރިޒާވު ކީޕަރު ވެގެންދާނީ މިފަހަރު ވޯލްޑް ކަޕުން ފެނިގެންދާނެ އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. މޮންޑްރޮގަން އަށް މި ޖޫންމަހުގެ 21 ވަަނަ ދުވަހު 43 އަހަރު ފުރިގެންދާނެ އެވެ.

ކޮލަންބިއާއަށް ވަނީ އެންމެ ފަހުން އެޓީމު ކުޅުނު 12 މެޗްގަ 10 ރަތްކާޑު ދައްކައިފަ އެވެ.

ޔޫރޯ 2012ގައި ޖަރުމަން އަތުން ގްރީސް 4-2 ބަލިވި މެޗަށްފަހު ފާއިތުވި 16 މެޗަގަ ގްރީސްގެ ފޯވާޑް ސަމަރާސްއަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ގްރީސް އެންމެ ފަހުންކުޅުނު ތިން މެޗުގެ ތެރެއިން ހަތަރު މެޗުގަ އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި މިހާތަނަށް ދެކުނު އެމެރިކާގެ ޓީމެއްގެ އަތުން ގްރީސް މޮޅުވެފައެއް ނުވެ އެވެ.