14 Jun 2014, 13:05
އެމެރިކާގެ އޮރިގަން ސްޓޭޓްގައި 300 ކަންބަޅި އަރުވައިގެން ދިޔަ ޓްރަކެއް ފުރޮޅާލައި 200 ކަންބަޅި މަރުވެއްޖެ އެވެ.
އޮރިގަން ސްޓޭޓްގެ ފުލުހުންނާ ހަވާލާދީ އޭޕީން ބުނީ ގިނަ އަދަދެއްގެ ބަކަރި މަރުވެފައި ވަނީ އިއްޔެ ދެކުނު ސޭލަމް ކައިރީގައި އޮންނަ ސީއޯ ހައިވޭގައި ހިނގި އެކްސިޑެންޓްގައި ކަމަށެވެ. އެ އެކްސިޑެންޓްގައި އަނިޔާވި ކަންބަޅިތައް މަރާލާފައިވާ ކަމަށާއި އެތަކެތި މަރާލާފައި ވަނީ ވެރިމީހާގެ އިރުޝާދުގެ މަތިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޓްރަކު މަގުން ބޭރުވެ، ފުރޮޅާލައިގެން އަރިޔަކަށް ވެއްޓުނީ އޭގައި ދުއްވަން އިން މީހާގެ ސިއްޙީ މައްސަލައަކުން ކަމަށް ވެދާނެ ކަމަށެވެ. ޓްރަކު ދުއްވަން އިން މީހާގެ ފުރާނަ އަށް ގެއްލުންވާ އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކަންބަޅިތައް ޓްރަކުން ބޭރުކުރުމަށް ޕޮލިސް، ފަޔާފައިޓާސް އަދި މަގުމަތީގައި އެވަގުތު ތިބި ރައްޔިތުންގެ ވެސް އެހީވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮރިގަން ސްޓޭޓް ޔުނިވާސިޓީގެ ކޮލެޖް އޮފް ވެޓެރިނަރީ މެޑިސިންގެ ވެޓެރިނޭރިއަންސް ވެސް އެކްސިޑަންޓްވި ސަރަހައްދަށް އެހީވާންދިޔަ އެވެ.
ވެޓެރިނޭރިއަން އަކީ ޖަނަވާރުންގެ ބަލިތަކަށް ޙާއްސަ ޑޮކްޓަރުންނެވެ.