ބޮޑެތި ޑިސްކައުންޓްތަކާއެކު މޯލްޑިވްސް ޓްރާންޕޯ އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން "ސުޒުކީ ރޯދަ ޕުރޮމޯޝަން" ފަށައިފި އެވެ.

އެމްޓީސީސީގެ ޓުރޭޑިން ޑިޕާޓްމަންޓް އެގްޒެކެޓިވް އިސްމާއިލް ފާރިގް މިއަދު ވިދާޅުވީ އެޕޮރޯޝަންގައި ސުޒުކީ ބުރޭންޑްގެ އައުޓް ބޯޑް އިންޖީނަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

"އެކި ވަރުގެ އިންޖީނަށް އެކި ވަރުގެ ޑިސްކައުންޓް މި އުޅެނީ، ޑިސްކައުންޓް އެބައުޅޭ އަޕްޓު 13 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް މި އުޅެނީ" ފާރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕުރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 24 ގެ ނިޔަލަށް އެމްޓީސީ ކަށަވަރު ޝޯ ރޫމްގައި ކަމަށެވެ. އަދި އެޕުރޮމޯޝަން އިން އިންޖީނު ގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ނެގޭ ފަރާތަކަށް 9.9 ގެ ސުޒުކީ އައުޓް ބޯޑް އިންޖީނެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.