އެކްސްއެލް އެނާޖީ ލިމިޑެޓް އޯވާ ކްރިކެޓް މުބާރާތުގެ ދެވަަނަ މެޗު މާލޭ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް ފަސް ވިކެޓުން ސީބީއެލްގެ ޓީމުން މެޗު ކާމިޔާބު ކޮށްފި އެވެ.

މިއަދުގެ މެޗުގައި ޓޮސްދިމާވުމުން މާލޭ ސްޕޯޓްސް ގަސްދުކުރީ ކުޅުމަށެވެ. އެގޮތުން އެޓީމުން ކުޅެން އަރައި 37 އޯވަރުގެތެރޭގަައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 120 ލަނޑުހެދި އެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 23 ލަނޑުހެދި ސާމީ ރި ޒާއެވެ. ސީބީއެލް ޓީމުން އެންމެ ރަގަޅަށް އުކީ 35 ލަނޑަށް ތިން ވިކެޓް ނެގި މުއާވިއަތު އަބްދުލްގަނީ އާއި ހަތް އޯވަރު 21 ލަނޑަށް އެއްވިކެޓްނެގި އަލީ ސުނާން އެވެ.

ސީބީއެލް ކުޅެން އަރައި 21 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައި ވެގެން 123 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 49 ލަނޑު ހެދި މަހްމޫދު ރިޔާޒާއި 22 ލަނޑު ހެދި އަލީ އިބްރާހިމް އެވެ. މާލޭ ސްޕޯޓްސް ކްލަބުން ވިކެޓް ނަގާފައި ވަނީ 17 ލަނޑަށް ތިން ވިކެޓް ނެގި އަބްދުﷲ ޒިޔާދު އެވެ.

މިމުބާރާޓުގައި މާދަމާ ބައްދަލުކުރާނީ މާލޭ ސްޕޯޓްސް ކްލަބާއި ވެސްޓް ސްޕޯޓްސް ކްލަބެވެ. ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހެދުނު 9 ޖަހާ އިރު އެވެ.