ވޯލްކަޕްގެ ދިގު ތާރީހެއް އޮތް މެކްސިކޯއިން މިހާތަނަށް އެފްރިކާގެ ޓީމެއް ބަލިކުރެވިފައެއް ނުވެ އެވެ. މީގެ 84 އަހަރުން ފެށިގެން 15 ފަހަރު ވޯލްޑްކަޕުގައި ވާދަކޮށްފައިވާ މެކްސިކޯއިން އެންމެ ފަހުން ކެމެރޫނާ ދެކޮޅަށް ކުޅެފައި ވަނީ 1993 ވަނަ އަހަރު އެވެ. އެ ފަހަރުވެސް މެމަރޫންގެ މަޗަށް ކުރިހޯދަން މެކްސިކޯއަށް ވަނީ ނުކުޅެދިފަ އެވެ. މި ދެ ޓީމް ނުކުންނައިރު މެކްސިކޯއިން ކެމަރޫންގެ މައްޗަށް ކުރި ހޯދައި ތާރީހު ބަދަލު ކުރުން މުހިންމެވެ.

މެކްސިކޯ ކޯޗު މެގުއަލް ހެރޭރާ ވަނީ މިރޭގެ މެޗަށް މެންޗެސްޓާ ޔުނައިޓްގެ ތަރި ޖެވިޔާ ހެނާންޒެޑް ފުރަތަމަ 11 ނުހިމަނަން ނިންމާފަ އެވެ. މެކްސިކޯ އެންމެ ފަހުން ކުޅުނު ނުވަ މެޗްގައި ހެނާންޑޭޒް އަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އޮރިބޭ ޕްރަލޭޓާ ބަދަލުގައި މިރޭ އެ ޓީމުގެ ކުރީގައި ނަގާކިޔާނެ ކަމަށް ބެލެވެނީ ޖެވާނީ ދި ސަންޓޯ އެވެ. ކެމަރޫންނަން ބަލާލައިރުގައި ޖިއާން މަކޮން ވަނީ ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއަށް ފަހު އައިސްފަ އެވެ. އެހެން ނަމަވެސް މި ކުޅުންތެރިޔާ މިރޭގެ ފުރަތަމަ 11 އިން ފެނުމުގެ ފުރުސަތު ކުޑަ އެވެ.

މެކްސިކޯއިން ވަނީ މިފަަހަރުގެ ވޯލްޑްކަޕުގެ ކޮލިފައިންގައި 47 ކުޅުންތެރިން ބޭނުންކޮށް ދެ ކޯޗުންގެ އެހީ ހޯދަފަ އެވެ. މެގުއެލް ހެރޭރާ މެކްސިކޯ ޓީމާ ހަވާލުވި ފަހުން އެ ޓީމުން އާމުކޮށް ކުޅެމުން އައީ 2-3-5 ފޯމޭޝަނަކަށެވެ. ކެމަރޫން ވަނީ ދެ ފަހަރަކަށް ވޯލްޑްކަޕް ކޮލިފައިންގައި އެ މީހުންގެ ކޯޗް ބަދަލުކޮށްފަ އެވެ.

ތާރީހުގައި ދެ ޓީމުގެ ކުރިމަތިލުން:

މި ދެޓީމް ބައިނަލް އަގްވާމީ ފުޓްބޯޅާއިގެ މައިދާނުގައި ވާދަކޮށްފަވަނީ ރަހުމަތްތެރި ކަމުގެ މެޗެއްގައި 1993ވަަނަ އަހަރު އެމެރިކާގެ ލޮސްއެންޖަލީސްގަ އެވެ. މިހާތަނަކަށް ވޯލްޑްކަަޕެއްގައި އެފްރިކާގެ ޓީމެއް މެކްސިކޯއަކަށް ބަލިކުރެވިފެ ނެތެވެ.

މެކްސިކޯ
މެކްސިކޯ މިހާތަނަށް ވޯލްޑްކަޕްގަ 24މެޗުން ބަލިވެފައިވެެ އެވެ. އޮރިބޭ ޕްރަލޭޓާ ވަނީ އެންމެ ފަހުންކުޅުން ހަ މެޗުން އަށް ގޯލް ކާމިޔާބު ކޮށްފަ އެވެ.

ކެމަރޫން
ކެމަރޫން އެންމެ ފަހުން ވޯލްޑްކަޕްގައި ކުޅުނު 13މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ 2002 ވަނަ އަހަރުގެ ސައުދީ އަރަބިއްޔާ ވާދަކޮށް 0-1 ނެވެ އެވެ. އަށް މެޗުން ބަލިވެ ހަތަރު މެޗުން އެއްވަރުވެފައިވެ އެވެ. ކެމަރޫން އެއްވެސް ކުޅުންތެރިއަކަށް ކޮލިފައިންގައި ދެ ލަނޑަވުރެ އިތުރަކަށް ޖެހިފަނުވެ އެވެ. މުބާރާތުގެ ހިމެނޭ އެންމެ ޒުވާން ކުޅުންތެރިޔަކީ މިޓީމްގެ ފެބްރިކް އޮލިންގާ އެވެ. އެނާޔައް 18 އަހަރު ވެފަަނީ މިދިޔަ މޭ މަހުގަ އެވެ.