ބަނގުރާ ކައްކައިގެން ވިއްކަމުންދިޔަ ދެ މީހަކު، ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަނގުލަދޭޝްގެ 40 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ ބަނގުރާ ކައްކައި ވިއްކަމުންދާކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިއަދު 11:20 ހާއިރު ހިންގި އޮޕަރޭޝަނެއްގައި މައްޗަންގޯޅި މިކޮރާގޭގައި ބަންގުރާ ކައްކަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގައި ކޯޓް އަމުރެއްގެ ދަށުން މއ. މިކޮރާގެ ބަލައި ފާސްކުރިއިރު ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތަކާއި ބަންގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 500 މިލި ލީޓަރުގެ 17 ފުޅިއާއި 5 ލީޓަރުގެ ދެ2 ފުޅިއާއި 20 ލީޓަރުގެ 22 ހަން އެ ގެއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދިވެހިރާއްޖޭގައި ބަނގުރާ އުފެއްދި އެ މައްސަލަ، ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.