13 Jun 2014, 19:20
ހެންވޭރު ގެއެއްގެ ކޮޓަރިތެރޭގައި ފައިސާއަށް ހަށިވިއްކަމުން ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓުއަމުރެއްގެ ދަށުން އެ ދެ މީހުން ތިބި ކޮޓަރީގެ ތެރެއަށް ފުލުހުން ވަދެފައި ވަނީ މިއަދު ހަވީރު 4:05 އެހައިކަންހާއިރު ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދިވެހި އަންހެނަކާއި 35 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި ފުލުހުން ކޮޓަރިއަށް ވަދެ ބެލިއިރު އެ ދެ މީހުން ތިބީ ބަދަލުއަޚުލާގީ އަމަލު ހިންގަން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ކޮޓަރި ތެރެ ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ފައިސާ ފެނިފައި ވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހ. ކަނޑުފިނިގޭގައި ކުއްޔަށް ހިފާފައިވާ ކޮޓަރިއެއްގެ ތެރޭގައި ފައިސާއަށް ހަށިވިއްކި މީހުންގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.