ފިފާ ވޯލްޑް ކަޕްގައި މިރޭ މެކްސިކޯއާ ދެކޮޅަށް ކެމަރޫން ނުކުންނައިރު އެޓީމުގެ ސެމިއުލް އެޓޫއާއި ސްޓެފަން އެމްބިޔާ ފިޓްވާނެކަމަށް އެޓީމްގެ ކޯޗު ވޯލްކާ ފިންކޭ ބުނެފި އެވެ.

ކެމަަރޫން އެންމެ ފަހުން ކުޅުނު އެކުވެރި ކަމުގެ މެޗްގައި ފިޓްނަސް މައްސަލަތަކެއް ދިމާވެގެން މި ދެ ކުޅުންތެރިން ކުޅެފައެއް ނުވެއެވެ. މެޗުގެ ކުރިން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި އެޓޫއާއި އެމްބިޔާގެ މުހިންމު ކޯޗު ވަނީ ފާހަގަ ކޮެއްފައެވެ.

"އަހަރެން ވަރަށް އުފާވޭ ސެމިއުލް އެޓޫއާއި ސްޓެފަން އެމްބިޔާ އެނބުރި ޓީމަށް އައިމަ. އެ ދެ ކުޅުންތެރިން ފިޓްކޮށް ތިބުން އެއީ ވަރަށް މުހިންމު ކަމެށް. ޓީމަށް އެންމެ ބޭނުންވާ ދަނޑިވަޅުގައި އެ މީހުންގެ މުހިންމުކަން ބޮޑު،" ޖަރުމަނަށް އުފަން ވޯލްކާ ފިންކޭ ބުންޏެވެ.

ފިންކޭ އިތުރަށް ފާހަގަކުރި ގޮތުގައި 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ކުޅުނު ވޯލްޑް ކަޕްގައި ކެމަރޫންގެ މުޅި ޓީމު އޮތީ ފެއިލްވެފައެވެ. އެހެން ނަމެވަސް މިހާރު ހުރިހާކަމެއް ބަދަލުވެއްޖެ ކަމަށާއި މިހާރު އޮތް ސްކޮޑަކީ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ރަނގަޅު ޓީމެއް ކަމަށް ވެސް ކެމަރޫން ކޯޗު ބުންޏެވެ.

އޭނާ ބުނީ، ކެމަރޫންގެ މިފަހަރުގެ ޓީމު ސިފަވެގެން ދަނީ ބޮޑު އާއިލާއެއްގެ ގޮތުގައި ކަމަށާއި ކާމިޔާބާ ހަމައަށް ދިޔުމުގެ ރަގަޅު ރޫހެއް ޓީމުގައި އޮތްކަމަށް ގަބޫލްު ކުރާ ކަމަށެވެ. އަދި ގައުމު ފަހުރުވެރި ވާ ފަދަ ނަތިއްޖާއެއް ނެރެވޭތޯ މަސަކަތް ކުރާނެކަމަށް ވެސް ކެމަރޫންގެ ކޯޗު ވޯލްކާ ފިންކޭ ބުންޏެވެ.

ވޯލްޑް ކަޕް ގްރޫޕް އޭ ގައި ހިމެނޭ ކެމަރޫން އާއި މެކްސިކޯ ވާދަކުރާނީ ރާއްޖޭ ގަޑިން މިރޭ 9:00ގައެވެ. އެ މެޗު ކުޅޭނީ، އެސްޓާޑިއޯ ޑަސް ޑުނާސްގައެވެ.