13 Jun 2014, 17:01
ފިފާ ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރެފްރީން ވެނިޝިން ސްޕްރޭ ބޭނުންކޮއްފި އެވެ.
ބްރެޒިލް 3-1 ލަނޑުން ކޮރެއޭޝިއާ އަތުން މޮޅުވި މެޗުގައި ވެނިޝިން ސްޕްރޭ ބޭނުންކޮށްފައި ވަނީ އެމެޗުގެ ރެފްރީ ޖަޕާނުގެ ޔުސިޗީ ނިޝިމޫރާއެވެ.
ރެފްރީ ފުރަތަމަ ފަހަރަށް މިސްޕްރޭ ބޭނުން ކޮއްފައި ވަނީ މެޗްގެ ފުރަތަމަ ހާފްގައި ބްރެޒިލްގެ ޕެނެލެޓީ އޭރިޔާ ކައިރިން ކްރޮއޭޝިޔާއަށް ލިބުނު ހިލޭ ޖެހުމެއްގައެވެ. ރެފްރީ ވަނީ، ހިލޭޖުހުން ފޮނުވާލުމަށްޓަކައި ކުޅުންތެރިޔާ ބޯޅަ ބާއްވަންވީ ހިސާބު ވައްބޮޅެއް ހެން ސްޕްރޭކޮއްލައިފައެވެ. އަދި ހަމައެހެންމެ ބޯޅަ ކުރިމަތީީގައި ހުއްޓިގެން ދިފާއި ފާރަށް ތިބޭކުޅުންތެރިން މަޑުޖެހިލަންވީ ހިސާބު ވެސް ރެފްރީ ދެއްކީ ސްޕްރޭ ބޭނުންކޮށްގެންނެވެ.
އާޖެންޓީނާއާއި ބްރެޒިލްގެ ފުޓްބޯޅަ ސީޒަންތަކުގައި ވެނިޝިން ސްޕްރޭ ވަނީ ބޭނުންކޮއްފައެވެ. އަދި މިދިޔަ އަހަރު ފިފާ 20 އަހަރުން ދަަށުގެ ވޯލްޑްކަޕްގައި ވެސް ވެނިޝިން ސްޕްރޭ ބޭނުންކުރި އެވެ. ހަމަ އެހެންމެ އަންނަ ސީޒަންގެ ޗެންޕިއަންސް ލީގުގައި ވެސް މި ސްޕްރޭ ބޭނުން ކުރާނެއެވެ.