13 Jun 2014, 16:24
މާލޭގައި ހިންގި ހަމަނުޖެހުމަކާ ގުޅިގެން ފުލުހުން ބިދޭސީއަކު ހައްޔަރު ކުރި ވަގުތު، އެ ބިދޭސީ މީހާއަށް ހަމަލާދީ މާރާމާރީ ހިންގި ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ، މާފަންނު ލުއުލުއު ފިހާރަ ކައިރީ ރޭ ދަންވަރު 00:50 ހާއިރު ހިންގި ހަމަނުޖެހުމާ ގުޅިގެން ބިދޭސީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު އެ ބިދޭސީ މީހާގެ ގައިގައި ތަޅައި މާރާމާރީ ހިންގުމުން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ފޭރުމާއި މާރާމާރީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަަމަށެވެ.