ޖަނަވަރީ 2010



  • ސައްދާމް ޙުސައިންގެ ދުވަސްވަރު ޢިރާޤުގެ ދިފާޢީ ވަޒީރުކަން ކުރެއްވި ޢަލީ ޙަސަން އަލްމަޖީދު (ކެމިކަލް ޢަލީ) ދަންޖައްސައި އަވަހާރަކޮށްލެވުނެވެ.


  • އެމެރިކާގެ ޖާސޫސީ މަތިންދާބޯޓަކުން ދިން ޙަމަލާއެއްގައި ޕާކިސްތާނުގެ ތާލިބާނުންގެ ވެރިޔާ ޙަކީމުﷲ މަޙްސޫދު އަވަހާރަވިއެވެ.

  • އިތިއޮޕިޔަން އެއަރލައިންގެ ފަސިންޖަރު މަތިންދާބޯޓެއް ލުބްނާނުގެ ވެރިރަށް ބައިރޫތުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓި އެއިން ދަތުރުކުރި 89 މީހުން މަރުވިއެވެ.

  • ދުބާއިގާ އަވަހާރަކޮށްލި ޙަމާސް ޖަމާޢަތުގެ އިސްވެރިއެއް ކަމަށްވާ މަޙްމޫދް އަލްމަބްޙޫޙު އަވަހާރަ ކޮށްލުމުގައި ބައިވެރިވާ ޤާތިލުންގެ ނަންތައް ދުބާއިގެ ފުލުހުން ހާމަކުރިއެވެ. މިޖަރީމާ ހިންގިކަމަށް ބެލެވިފައިވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސޭޑުންނެވެ.


ފެބްރުއަރީ 2010



  • ބަޣްދާދުގެ ޝިޔަޢީންގެ ޒިޔާރަތެއްގައި އަންހެނަކު އަމިއްލައަށް މަރުވެގެން ދިން ޓެރަރިސްޓް ޙަމަލާއެއްގައި ޝިޔަޢީންގެ 41 މީހަކު މަރުވިއެވެ.


  • އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީގެ ވެރިޔާގެ މަޤާމުގައި ހުންނެވި މިސްރުގެ ޑިޕްލޮމޭޓެއް ކަމަށްވާ މުޙައްމަދުލްބަރާދްޢީގެ ދެވަނަ ދައުރު ހަމަވުމާގުޅިގެން އޭނާ އެނބުރި މިސްރަށް ވަޑައިގަތުމުން ޤާހިރާ އެއަރޕޯޓްގައި އެތަށް ހާސްބަޔަކު އޭނާއަށް މަރްޙަބާ ދެންނެވިއެވެ. އަލްބަރާދްޢީ އާމެދު މިސްރުގައި ދެކެނީ މިސްރުގެ ޒަޢާމަތަށް ކުރިމަތިލައްވާނެ އިދިކޮޅު ޒަޢީމެއްގެ ގޮތުގައެވެ.

  • އެމެރިކާއާއި ސޫރިޔާއާދެމެދު ޑިޕްލެމެޓިކް ގުޅުންތައް އަލުން ޤާއިމްކުރެވުނެވެ.

  • އީރާނުގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވިފައިވާ ސުންނީ ޖަމާޢަތެއް ކަމަށްވާ ޖުންދުﷲގެ ޒަޢީމް ޢަބްދުލްމަލިކް ރީޣީ އީރާނުގެ ސަލާމަތީ ބާރުތަކުގެ އަތްދަށުގައި ހައްޔަރުވިއެވެ.


މާރޗް 2010



  • ޢިރާޤަށް އެމެރިކާ އަރައިގަތްފަހުން އެޤައުމުގައި ދެވަނަ ފަހަރަށް ޢާންމު އިންތިޚާބެއްބާއްވައި އާ ބަރުލަމާނެއް އިންތިޚާބުކުރިއެވެ.


  • މޮސްކޯގެ ބިމުއަޑީގެ ރޭލްވޭއަކަށް އަމިއްލައަށް މަރުވެގެން ބަޔަކުދިން ދެ ޙަމަލާއެއްގައި 38 މީހަކު މަރުވިއެވެ.

  • ރަޝިޔާއަށް ޖާސޫސުކުރުމުގެ ތުހުމަތުގައި ރަޝިޔާގެ 10 މީހަކު އެެމެރިކާއިން ބޭރުކޮށްލިއެވެ.


މާރޗް 2010



  • ޢިރާޤުގެ އިސްލާމީ ދައުލަތުގެ ޒަޢީމް ކަމަށްބުނާ އަބޫ ޢުމަރު އަލްބަޣްދާދީއާއި ޢިރާޤުގައި ޙަރަކާތްރެރިވާ އަލްޤާޢިދާގެ ލީޑަރު ކަމަށްބުނާ އަބޫ އައްޔޫބުލްމިސްރީ އެމެރިކާއާއި ޢިރާޤު ސިފައިންގެ ގުޅިފައިވާ ޙަމަލާތަކެއްގައި މަރުވިއެވެ.


  • ޕޮލެންޑްގެ ރައީސް ލެކް ކަޝިންސްކީއާއި އޭނާގެ އަނބިކަބަލުންނާއި އެޤައުމުގެ ގިނަޢަދަދެއްގެ އިސްމަސްއޫލުވެރިން، މަތިންދާބޯޓު ވެއްޓުމުގެ ޙާދިޘާއެއްގައި އަވަހާރަވިއެވެ. މިޙާދިޘާގައި ޖުމްލަ 96 މީހަކު މަރުވިއެވެ.

  • އައިސްލޭންޑްގެ އަލިފާން ފަރުބަދައަކުން އަރަންފެށިދުންތައް ޔޫރަޕްގެ ޖައްވުގައި ފެތުރުމުގެ ސަބަބުން ޔޫރަޕްގެ ގިނަޤައުމުތަކެއްގެ ޖައްވުގައި މަތިންދާބޯޓު އުދުހުން މަނާކޮށް ޔޫރަޕްގެ ވަރަށްގިނަ އެއަރޕޯޓްތަކެއް ބަންދުކުރިއެވެ.

  • ކިރްގިސްތާނުގެ އިދިކޮޅުފަރާތްތަކުން މަދަނީ އިންޤިލާބެއްގެނަސް ރައީސް ކަރްމާން ބެކް މަޤާމުން ދުރުކޮށް އޭނާގެ ސަރުކާރު ވައްޓާލިއެވެ.

  • ގަލްފު އޮފް މެކްސިކޯގައި ހުރި ބްރިޓިޝް ޕެޓްރޯލިޔަމް (ބީޕީ) ތެޔޮ ހަރަކުން ތެޔޮލީކުވަމުންދާކަން އެމެރިކާ އިޢްލާންކުރިއެވެ. މި ކާރިޘާގައި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްލިބި ވިއްސަކަށް ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ބީޕީ ކުރިމަތިލާންޖެހުނެވެ.


މޭ 2010



  • ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ހިފައިގެންދިޔަ ޔޫަޕްގެ މިނިވަން ފްލީޓްގައިތިބި ސުލްޙައިގެ އެކްޓިވިސްޓުންނަށް އިސްރާއީލުގެ ކަނޑުގެ ސިފައިން ޙަމަލާދީ ޤަތްލު ޢާންމެއް ހިންގިއެވެ. އިސްރާއީލުން ހިންގި މި ޤަތްލުއާންމުގައި ސުލްޙައިގެ އެކްޓިވިސްޓުންގެ 10 މީހަކު ވަރަށް އަނިޔާވެރިގޮތަކަށް މަރާލިއެވެ.


  • ފަރަންސޭސިވިލާތުގައި މޫނުބުރުގާ އެޅުން މަނާކުރާ ޤަރާރެއްގެ ދެލިކޮޕީ ބަރުލަމާނަށް ހުށަހެޅުމަށް ފަރަންސޭސި ސަރުކާރުން ނިންމިއެވެ.

  • އަފްޣާނިސްތާނުގެ ހަނގުރާމައިގާ ޖަރުމަނު ބައިވެރިވުމާ ދެކޮޅަށް ދެއްވި ބަޔާނަކާގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަކާއެކު ޖަރުމަނުގެ ރައީސް ހޮރެސްޓް ކޯލަރ މަޤާމުން އިސްތިއުފާ ދެއްވިއެވެ.

  • އިނގިރޭސިވިލާތުގެ ޢާންމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ހައުސް އޮފް ކޮމަންސްގެ އަޣްލަބިއްޔަތު ނުލިބުމުގެ ސަބަބުން ކޮންޒަވެޓިވް ޕާޓީގެ ޒަޢާމަތުގެ ދަށުގައި ގުޅިފައިވާ ކޯލިޝަން ސަރުކާރެއް އުފައްދައި އެސަރުކާރު އިނގިރޭސިވިލާތުގެ ވެރިކަމާ ޙަވާލުވިއެވެ.


ޖޫން 2010



  • އީރާނުގައި ބޮންގޮއްވުމުގެ ޙަރަކާތްތަކެއް ހިންގާ ހަތިޔާރުއެޅި ސުންނީ ޖަމާޢަތެއް ކަމަށްވާ ޖުންދުﷲ ގެ ޒަޢީމް ޢަބްދުލްމަލިކް ރީޣީ، އީރާނުގެ ސަރުކާރުން ހައްޔަރު ކުރުމަށްފަހު އޭނާ ދަންޖައްސައި މަރާލިއެވެ.


  • ތުރުކީގެ ވައިގެ ސަރަޙައްދަށް އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތައް ވަނުން މަނާކުރިއެވެ.

  • ޕާކިސްތާނަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެޤައުމުގެ ފަސްބައިކުޅަ އެއްބައި ބިމުގައި ފެންބޮޑުވެ އެތަށް ސަތޭކަ ބަޔަކުމަރުވެ ރައްޔިތުންގެ ތެރެއިން 20 މިިލިޔަން މީހުން ޙާލުގައި ޖެހުނެވެ.

  • ވޯލްޑް ކަޕްގެ ފައިނަލް މެޗްގައި ހޮލެންޑްގެ މައްޗަށް ސްޕޭން ކުރިހޯދައި 2010 ގެ ވޯލްޑްކަޕް ސްޕޭން ކާމިޔާބު ކުރިއެވެ.


 


ޖުލައި 2010



  • ސްވިޓްޒަރލޭންޑުން އީޖާދުކުރި އަވިން ހަކަތަ އުފައްދާ މަތިންދާބޯޓު "ސުލަރ އެންބަލްސް" 26 ގަޑިއިރު އުދުހުމަށްފަހު އެޤައުމުގެ ހުޅަނގުގައިވާ ޢަސްކަރީ ޤާއިދާއަކަށް ސަލާމަތުން ތިރިކުރިއެވެ.



އޮގަސްޓް 2010



  •  ދުނިޔޭގައިވާ އެންމެ ބޮޑުގަޑި، މައްކާގައި ބެހެއްޓުމަށްފަހު އެގަޑި ތަޖްރިބާ ކުރުމުގެ މަސައްކަތް ފެށިއެވެ.



ސެޕްޓެމްބަރ 2010



  • އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އެމެރިކާގެ ބެލުމުގެ ދަށުން އަލުން ފެށިއެވެ.


  • ޢިރާޤުގައި އެމެރިކާ ހިންގަމުން ގެންދިޔަ ހަނގުރާމަ ނިމުނުކަމާއި ހަނގުރާމައިގެ ޙަރަކާތްތައް ހުއްޓާލިކަން ރައީސް ބަރަކް އޮބާމާ އިޢްލާން ކުރެއްވިއެވެ.


އޮކްޓޯބަރ 2010



  • ޔަމަނުން ބޭރަށްދިޔަ ގޮވާތަކެތީގެ ޕާރުސަލްތަކެއްގެ މައްސަލަ ފެންމަތިވެ އެކަމަށް މުޅިދުނިޔޭގެ ސަމާލަުކަން ހުއްޓިގެންދިޔައެވެ.



 


ނޮވެމްބަރ 2010



  • އެމެރިކާގެ ކޮންގްރެސްގެ އިންތިޚާބު އިދިކޮޅު ރިޕަބްލިކަން ޕާޓީ ކާމިޔާބުކުރިއެވެ.


  • އުތުރު ކޮރެޔާއިން ދެކުނު ކޮރެޔާގެ ޔޮންގބޮޔޮން ޖަޒީރާއަށް ބޮޑުބަޑިން ޙަމަލާދީ ހަތަރު މީހަކު މަރާލުމާ ގުޅިގެން ދެކޮރެޔާގެ މަސްރަޙް ނުތަނަވަސްވެގެންދިޔައެވެ.

  • ވިކލީކްސް އިން އެމެރިކާ ސަރުކާރުގެ އެތަށް ލައްކަ ސިއްރު ލިޔުންތަކެއް ބޭޒާރުކޮށްލިއެވެ.

  • މިސްރުގެ ބަރުލަމާނީ އިންތިޚާބު ރައީސް ޙުސްނީ މުބާރަކްގެ ޕާޓީން ކާމިޔާބުކުރީ މަކަރާއި ޙީލަތް ހަދައިގެން ކަމަށް މިސްރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރިއެވެ.


ޑިސެމްބަރ 2010



  • އިސްރާއީލާއި ފަލަސްތީނުގެ ސުލްޙައިގެ ވާހަކަތައް ނާކާމިޔާބުވެއްޖެ ކަމާއި ސުލްޙައިގެ ވާހަކަތައް ވަޅުލުމަށްޓަކައި ކަފުންކުރެވިފައިވާ ކަމަށް ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސް ސިފަކުރެއްވިއެވެ.


  • ސުލްޙައިގެ ވާހަކަތައް ނާކާމިޔާބުވުމާގުޅިގެން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ދުނިޔޭގެ ޤައުމުތަކުގެ އިޢްތިރާފް ހޯދުމަށް ފަލަސްތީނުގެ ޒާތީއިދާރާއިންފެށި ކޭންޕޭންއާ ގުޅިގެން ލެޓިން އެމެރިކާގެ ފަސްޤައުމަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް ޢިޢްތިރާފްވިއެވެ.

  • ވިކިލީކްސްގެ މުއައްސިސް ޖޫލިޔާން އަސާންޖްގެ މައްޗަށް ރޭޕްކުރުމުގެ ތުހުމަތުތަކެއް ކުރުމާގުޅިގެން އިނގިރޭސި ފުލުހުން ކުޑަދުވަސްކޮޅަކަށް އޭނާ ހައްޔަރުކުރިއެވެ.

  • ނޫރީއަލްމާލިކީގެ ޒަޢާމަތުގައި ޢިރާޤުގައި އާ ސަރުކާރެއް އެކުލަވާލައި ވެރިކަމުގެ ޤާނޫނީ ހުވާކޮށް މިސަރުކާރަށް ބަރުލަމާނުގެ އިތުރުބާރުލިބުނުކަން އިޢްލާންކުރިއެވެ.

  • ނިއުކްލިޔަރ ހަތިޔާރު މަދުކުރުމާބެހޭ ސްޓާޓް މުޢާހަދާ އެމެރިކާއާއި ރަޝިޔާއިން ތަސްދީޤުކުރިކަން އިޢްލާންކުރިއެވެ.

  • ޔޫރަޕަށާއި އެމެރިކާއަށް ސްނޯގެ ވަރުގަދަ ތޫފާނެއް ކުރިމަތިވެ އެތަށް ސަތޭކަ ފްލައިޓްތަކެއް ކެންސަލްވުމާގުޅިގެން އެތަށް ސަތޭކަ ފަސިންޖަރުން ޔޫރަޕާއި އެމެރިކާގެ އެއަރޕޯޓްތަކުގައި ތާށިވިއެވެ.