އުރީދޫ މޯލްޑިވްސް އިން މިއަދު ފީފާ ވޯލްޑްކަޕް ބްރެޒިލްއަށް ހާއްސަ ޕްރޮމޯޝަންތަކެއް އަގުހުރި އިނާމުތަކާ އެކު ފަށައިފި އެވެ.

އުރީދޫ އިން މިރޭ މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނެފައި ވަނީ ކަސްޓަމަރުން ފީފާ ވޯލްޑްކަޕް މެޗްތަކުގެ ސްކޯ އަދި މޮޅުވާނެ ޓީމުތައް ދިމާކުރައްވައިގެން ކޮންމެ ދުވަހަކު، ހަފްތާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި އެތައް އަގުހުރި އިނާމްތައް ހޯއްދެއްވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި އިނާމުތަކުގެ ތެރޭގައި ހިލޭ ކްރެޑިޓް އައިފޯން ފަހެއް އެސް، އައިފެޑް މިނީ، އަދި 54000 ރުފިޔާގެ ޗާޖުތަކުން ފެށިގެން ބައިވެރި ވުމުގެ ފުރުބަތު ލިބިގެންދާ ފްރޮމޯޝަނެއް ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ބުނީ، ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް ބްރެޒިލްގެ އެންމެ ފަހުގެ ހަބަރުތަކާއި ގޯލް އަޕްޑޭޓްސްތައް ފަސޭހަކަމާ އެކީ އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށާއި އެގޮތުން ގޯލް ޑޮޓްކަމް އާއެކު ޕާޓްނާޝިޕްގެ ދަށުން ހިދުމަތް ލިބޭނެ ކަމަށް ވެސް އުރީދޫ އިން މައުލޫމާތު ދެ އެވެ.

އުރީދޫ އިން ބުނީ، މުބާރާތުގެ އެންމެ މަގްބޫލް ޓީމްތަކުގެ އެންމެ ފަހުގެ ހަބަރުތައް އެސްއެމްއެސް މެދުވެރިކޮށް ހޯދުމަށް "ޓީމް<ސްޕޭސް> ޓީމުގެ ނަން" މިސާލަކަށް ބްރެޒިލް ޖެއްސުމަށް ފަހު 5333 އަށް ފޮނުވުމުން ލިބޭނެ ކަމަށެވެ. ގްރޫޕެއްގައި ހިމެނޭ ޓީމުތަކުގެ މައުލޫމާތުތައް އެސްއެމްއެސް މެދުވެރިކޮށް ހޯދުމަށް "ގްރޫޕްސް<ސްޕޭސް> ގްރޫޕްގެ އަކުރު" މިސާލަކަށް ގްރޫޕް އޭ، ޖެހުމަށް ފަހު 5333 އަށް ފޮނުވުމުން ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި ބުނީ މުބާރާތުގެ ހުރިހާ މެޗެއްގެ ގޯލްތަކުގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް "ގޯލް" ޖެހުމަށް ފަހު 5333 އަށް ފޮނުވުމުން ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

އުރީދޫ އިން ބުނީ އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ 10 ރުފިޔާގެ ފީއަކުން ފެށިގެން ނެންގެވޭ ހިދުމަތާ ގުޅޭ އެހީހޯދުމަށް "ހެލްޕް" ޖައްސަވާފައި 5333އަށް އަށް ފޮނުވުމުން ލިބޭނެ ކަމަށެވެ.