12 Jun 2014, 16:29
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް އަބްދުލްޣަފޫރު އައްޔަން ކުރައްވައިފި އެވެ.
އަބްދުލް ޣަފޫރުގެ އިތުރުން އެ މިނިސްޓްރީގައި މިހާރުވެސް ތިން ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ. އަދި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ޕްރޮޖެކްޓް އެޑްވައިޒަރުގެ މަގާމުގައި ވެސް ބޭފުޅަކު އެބަ ހުންނެވި އެވެ.
ޔޫސުފް އަބްދުއްޣަފޫރު ވަނީ މި އަހަރު އިންތިޚާބުކުރި ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ކުރިމަތިލައްވައިގެން ނާކާމިޔާބުވެވަޑައިގެންފަ އެވެ.