12 Jun 2014, 16:23
ރޭ ދަންވަރުގެ ވަގުތެއްގައި ޏ. ފުވައްމުލަކު ތިން ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ، ފުވައްމުލަކު މިސްކިތްމަގުގައި ހުންނަ "ނައިސް ލުކް" ފިހާރައާއި "ސެވަން ސެންސް"ގެ އިތުރުން "ލޭޑީ ރޯސް" ފިހާރައިގެ ބިއްލޫރިތައް ރޭ ދަންވަރު ތަޅާލާފައިވާ މައްސަލައިގެ ތުޙުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.