ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ޗެނަލް 13ގެ ހެޑް އޮފް ނިއުސްގެ މަގާމުގައި ކުރިން ހުންނެވި ހުސެއިން އަމީނަށް ދެއްވައިފި އެވެ.

އަމީން އައްޔަން ކުރައްވާފައި ވަނީ އެ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ކެރިއާ ގައިޑެންސް އޮފީހުގެ ކޯޑިނޭޓަރެއްގެ ގޮތުގަ އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އެނާ މިދިޔަ މަހުން ފެށިގެން ވަޒީފާ އަށް ނިކުންނަމުންދާ ކަމަށެވެ.

ޔޫތު މިނިސްޓްރީގައި ކޯޑިނޭޓަރުންގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ފިލްމީ ތަރި އަބްދުﷲ މުއާޒް ( މުއާ) އާއި އަލީ ޝާހިދު ސްޓެޕް އައްޔަގެ އިތުރުން މުހައްމަދު ޝިނާން (ނާނި) ހިމެނެ އެވެ. އޭގެ އިތުރުން ވެސް ބައެއް ބޭފުޅުން އެ މިނިސްޓްރީގައި އެބަތިއްބެވި އެވެ.

އެހެން ބައެއް މިނިސްޓްރީތަކަށް ވެސް ކޯޑިނޭޓަރުންގެ މަގާމަށް ގެންދަވަނީ ބޭފުޅުން އައްޔަން ކުރައްވަމުންނެވެ.