12 Jun 2014, 15:52
މޯލްޑިވްސް މީޑިޔާ ކައުންސިލް މެމްބަރުންގެ ދައުރު މި މަހުގެ ނިޔަލަށް ހަމަވާތީ އެ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން މީޑިޔާ ކައުންސިލްގެ ދައުރަކީ ދެ އަހަރު ދުވަހެވެ. އަދި އެ ގާނޫނުގައިވާ ގޮތުން ވިދި ވިދިގެން ދެ ދައުރު އެއްވެސް މެމްބަރަކަށް އަދައެއް ނުކުރެވޭނެ އެވެ.
ޔޫތު މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ އިއުލާންގަވާ ގޮތުން މީޑިޔާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.