12 Jun 2014, 15:24
ހެލްތު މިނިސްޓްރީގެ ނައިބުގެ މަގާމަށް ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަފީގު ހަސަން އައްޔަން ކުރައްވައިފި އެވެ.
ރަފީގުގެ އިތުރުން ހެލްތު މިނިސްޓްރީގައި ހަތަރު ނައިބަކު ތިއްބަވަ އެވެ. އަދި ހަތަރު ސްޓޭޓް މިނިސްޓަރަކު ވެސް އެ މިނިސްޓްރީގައި ތިއްބަ އެވެ.
ރަފީގު ވަނީ 18 ވަނަ ރައްޔިތުން މަޖިލީހުގެ ޕީޕީއެމް ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންފަ އެވެ.