ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް މ. ރަނިކަ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ހަމަޖައްސަވައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރަކު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ރައްޒާގު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ފޮނުއްވުމުން އެ މަގާމަށް އޭނާ އައްޔަން ކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީގެ މޭނިޖިންގް ޑިރެކްޓަރުގެ މަގާމު ހުސްވެފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަހްމަދު ޝިހާމް އަލީ އެ މަގާމުން ވަކި ކުރެއްވުމާ ގުޅިގެންނެވެ. މި މަހުގެ ހަތް ވަނަ ދުވަހު އެ މާގާމުން ޝިހާމް ވަކި ކުރެއްވުމާ ގުޅިގެން ބޯޑު ޑިރެކްޓަރުގެ މަގާމުގެ ވަގުތީ ގޮތުން ހަވާލުހުންނެވީ އެ ބޯޑުގެ ޑިރެކްޓަރު ހުސެއިން ސާލިމެވެ.

އެމްޓީސީސީގެ ޗެއާމަން ކަމުގެ މަގާމުން ހުންނެވި އިގުބާލް އާދަމް ވެސް ވަނީ އެ މަގާމުން ވަކި ކުރައްވާފަ އެވެ. ނަމަވެސް އެ މަގާމަށް ބޭފުޅަކު އަދި ހަމަޖައްސަވާފައެއްނުވެ އެވެ.