ވިލްމިންގޓަން: އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އޭނާގެ މުސްތަޝާރެއްގެ މަޤާމުގައި ހުންނެވި ޖޯން ވިލެޔަރގެ އަވަހާރަވެފައިވާ ހަށިގަނޑު ޑިލާވަރު ސްޓޭޓްގެ ކުނިގޮނޑަކުން ފެނިއްޖެވެ.


ޖޯން ވިލެޔަރ އަވަހާރަވިކަން އެނގުނީވެސް އޭނާގެ ހަށިގަނޑު ކުނިގޮނޑުން ފެނުމުންނެވެ. މިކުނިގޮނޑަކީ ޑިލާވަރު ސްޓޭޓްގެ ރަށެއްކަމަށްވާ ވިލްމިންޓަންގެ ކުނިގޮނޑެކެވެ. ޑިލާވަރު ސްޓޭޓްގެ ފުލުން ބުނާގޮތުން ކޮންމެވެސް ފަރާތަކުން ޙަމަލާދީ ޖޯން ވަނީ އަވަހާރަ ކޮށްލާފަ އެވެ. މިޚަބަރު ފެތުރި އެމެރިކާގެ ފޮކްސް ނިއުޒް ޓީވީ ނެޓްވާކުން ބުނިގޮތުގައި ޖޯންގެ ހަށިގަނޑު ފެނުނީ އެކުނިގޮނޑަށް ގޮސްގެން އުޅުނު ބަޔަކަށެވެ. ޑިލާވަރު ސްޓޭޓްގެ ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ތަޙްޤީޤް ކުރަމުންނެވެ. ޖޯން ވިލެޔަރ އަކީ އެމެރިކާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯޖް ބުޝްއާއި އޭނާގެ ދަރި ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ވެސް ރިޔާސީ މުސްތަޝާރެއްގެ މަޤާމު ފުރުއްވާފައިވާ ޢުމުރުފުޅުން 77 އަހަރުގެ ބޭފުޅެކެވެ.