މާފަންނު އީދު މިސްކިތުގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާން އިން މީހަކު ހައްޔަރު ކޮށްފި އެވެ.

ސަންއަށް މައުލޫމާތު ލިބިފައި ވާ ގޮތުގައި އީދު މިސްކިތުގައި މަސްތުވާތަކެތި ބޭނުން ކުރަން އިން ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު 12:20 ކަންހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "މަސްތުވެގެން މިސްކިތުގައި އިން މީހަކު" މިއަދު މެންދުރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ފޭރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މަސްތުވެގެން ތިބެ މިސްކިތްތަކަށް އަރާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަ ވެއެވެ. އެގޮތުން މިއަހަރު ތެރޭގައި ވަނީ "މަސްތުވެ ސަޖިދައިން ނުތެދުވެ އޮތް" ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.