ބްރެޒިލް ތަރި ރޮނާލްޑީނިއޯ އަދި ބާސެލޯނާގެ ކުރީގެ ފޯވަޑް ރޮނާލްޑީނިއޯއާ ވައްތަރު މީހެއް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހައްދާލައިފި އެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމަށްޓަކައި ބެލޯ ހޮރިޒޮންޓޭގެ އެސްޓޭޑިއޯ އިންޑެޕެންޑެންސިއާގައި އާޖެންޓީނާ ޓީމާއެކު މެސީ ފަރިތަކުރަމުން ދަނިކޮށް ރޮނާލްޑޯނިއޯއާ ވައްތަރު މީހާ ކުއްލިގޮތަކަށް ދަނޑު ތެރެއަށް ވަނީ އެތުލެޓިކޯ މިނޭރޯގެ ޖާޒީގައެވެ.

ގިނަ ނޫސްވެރިންތަކަކާއި ސަޕޯޓަރުންތަކަކެއް އެވަގުތު އެ މީހުންގެ ބަޠަލުންނާ ބައްދަލުކުރަން ފެންސް މައްޗަށް އަރައި ދަނޑުތެރެއަށް ވަދެ އެ ކުޅުންތެރިންނާ ދިމާއަށް ދުވަން ފެށި އެވެ. ނަމަވެސް އޭރު ދަނޑު ތެރޭގައި ހުރި އެއްވެސް މީހަކަށް އެއީ ރޮނާލްޑީނިއޯ ނޫން ކަމެއް ނޭނގެ އެވެ.

ދަނޑަށް އެރި ގިނަ ސަޕޯޓަރުންތަކެއް މެސީގެ ފަހަތުން ދުއްވައިގަތް އިރު، މެސީގެ ހިމާޔަތުގައި ސެކިއުރިޓީ ގާޑުން ވެސް ދުއްވައިގަތެވެ.

"މެސީ އަށް އަހަރެން ފެނުމުން އަހަރެންނަކީ ރޮނާލްޑޯނިއޯ ކަމަށް ހީކޮށް އޭނާ ހުރީ ހައިރާންވެފައި. މެސީއާ ދިމާވި ވަގުތު އަހަރެން ކައިރީ އޭނާ ބުނީ، މެސީއާ ސަލާމްކުރުމަށް އަހަރެން ދަނޑުތެރޭގައި ދުވާކަށް ނުޖެހޭނެ ކަމަށް. މިއީ އަހަރެން ރާވައިގެން ކުރި ކަމެއް ނޫން. އަހަރެން ހިތަށް އެރީ މެސީއާ ބައްދަލުކޮށްލަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެޔޭ." މެސީ ހައްދާލުމަށްޓަކައި ރޮނާލްޑޯނިއޯއާ ވައްތަރު ރޮބިންސަން އޮލިވޭރާ ބުންޏެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ބޮސްނިއާއާ ދެކޮޅަށެވެ.