12 Jun 2014, 10:23
މި އަހަރުގެ ވޯލްޑްކަޕްގެ ބައެއް މެޗުތައް ރޯދަމާހާ ދިމާވާތީވެ މި މުބާރާތުގައި ކުޅޭ މުސްލިމް ކުޅުންތެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި އަަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ދިމާވަނީ މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗްތައް ކުޅޭ ދުވަހާއެވެ.
ރަމަޟާން މަސް މިމަހުގެ 28ގައި ފެށޭއިރު މިއީ 1986ގެ ފަހުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރަތެއްގެ ތެރޭގައި ރަމަޟާން މަސް އަންނަ ފުރަތަމަ ފަހަރެވެ. މީއީ ބޮޑެތި ލީގުތަކުގައި ފާއިތުވީ އަހަރުތަކުގައި ދިމާވުމުން އައި މައްސަލައެކެވެ. ކުޅުންތެރިން ރޯދަ ދޫކޮއްލާކަށް ބޭނުމެއް ނުވެ އެވެ. ޓީމްތަކުގެ ކޯޗުން ރޯދަ ހިފައިގެން ތިބެ މެޗުތަކުގައި ނުކުޅުމަށް ކުޅުންތެރިންނައް ބާރުއަޅައެވެ.
ވޯލްޑް ކަޕްގައި ކުޅޭ ހުރިހާ މުސްލިމު ކުޅުންތެރިން ކަހަލަގޮތަކަށް ތިބީ ރޯދަ ހިފާގޮތަށެވެ. ވޯލްޑް ކަޕްގެ ފުރަތަމަ ބުރު ފަހަނައަޅައި ދާނެ ކަމަށް ބޮޑަށް ބެލެވޭ ފްރާންސާއި އައިވަރީ ކޯސްޓުގައި ވެސް ގިނައީ މުސްލިމް ކުޅުންތެރިންނެވެ. އަދި އިރާނު ފަދަ ޓީމްތަކުއި ކޯޗު ފިޔަވައި ހުރިހާ ކުޅުންތެރިންނަކީ މުސްލިމުންނެވެ. ފްރާންސްގައި ހިމެނޭ މުސްލިންމު ކުޅުންތެރިންގެ ތެރޭގައި ބެންޒީމާ، މާމްދޫއު ސަކޯ، ސަގްނާ، މޫސާ ސިސޯކޯ ހިމެނެއެވެ.
މުބާރާތުގައި ވާދަކުރާ އައިވަރީ ކޯސްޓަށް ބަލާއިރު ޓޯރޭގެ ދެބެއިންނާއި ޖިއޮވާނީއައާ ޗިއޮކް ޓިޓޯ ހިމެނެއެވެ. އަދި ބޮސްނިއާ ކުޅުންތެރިންގެ ތެރެއިން މެޖޯރިޓީ ކުޅުންތެރިންނަކީ މުސްލިމުންނެވެ. އެގޭތެރޭގައި އެޓީމްގެ އެޑެން ޒެކޯ ވެސް ހިމެނެއެވެ. ބެލްޖިއަމް އަށް ކުޅެމުން އަންނަ މަރުއާނޭ ފެލެއިނީ، މޮއުސާ ޑެންބެލްއާއި ސްވިޒަލެންޑުގެ ޒެހްދާން ޝާގްރީއާއި ޖަރުމަނު ޓީމުގެ މެސުޓް އޮޒިލް އަކީވެސް މުބާރާތުން ފެނިގެންދާނެ މުސްލިމު ކުޅުންތެރިންނެވެ.
މިފަަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ މުސްލިމް ކުޅުންތެރިންނަށް އޮތް އުފާވެރި ހަބަރަކީ މިފަހަކަށް އައިސް ޔޫރަޕްގެ ލީގުތަކުގައި ދުވާލުގެ ދިގުމިން 17 ގަޑިއިރު ހޭދަކުރަން ޖެހުނު ކަމުގައި ވީ ނަމަވެސް ބެރިޒިލްގެ ރިއޯއަށް ދުވާލުގެ ދިގުމިން އުޅޭނީ 11 ގަޑިއިރު އެވެ.
"އަހެރެމެން އެބަޖެހޭ ރީތި އަހްލާގު ހިފަހައްޓަން. އަހަންނަށް ފުރަތަމަ ފަސް ދުވަހު ވަަރަށް އުނދަގޫވާނެ ރޯދަ ހިފައިގެން ކުޅެން. އެކަމަކު އެޔަށް ފަހު ހަށިގަނޑު ހޭނުނީމަ ވަރަށް ހިތްހަމަޖެހޭ،" އައިވަރީ ކޯސްޓުގެ ކާލޯ ޓޯރޭ ބުންނެވެ.