04 Jan 2011, 17:36
ޑީއާރުޕީގެ ކައުންސިލް މެންބަރުންނާއި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންނާއި އަދި ޑީއާރުޕީ އޮފީސް މުވައްޒަފުންގެ އިތުރުން އެ ޕާޓީގެ އާންމު މެންބަރުންނާ ޒައީމުގެ ހައިސިއްޔަތުން އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ބައްދަލު ކުރެއްވުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކަލާފާން ސްކޫލްގައި އޮންނާނެ ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ޑީއާރުޕީގެ ރަސްމީ ލެޓާހެޑްގައި ޒައީމު މައުމޫން ސޮއިކުރައްވައި މިއަދު ނެރެފައިވާ "ޑީއާރުޕީގެ ޒައީމުގެ ދަންނަވާލުމެއް"ގައި ބުނެފައި ވަނީ އެ ބައްދަލުވުން އޮންނާނީ އެ ރޭ 8:45ގައި އެ ސްކޫލުގައި ކަމަށާއި އެ ބައްދަލުވުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ.