12 Jun 2014, 09:23
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އެކްޒެކެޓިވް ކޯޑިނޭޓަރުކަން މުހައްމަދު ސިނާން (ނާނި) އަށް ދެއްވައިފި އެވެ. މިދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލައްވައިގެން ނާކާމިޔާބުވެޑައިގެންނެވި ނާނި އަށް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ދެއްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އަބްދުﷲ މުއާޒް ވަނީ ސަން އަށް އެކަން ކަށަވަރުދެއްވައިފަ އެވެ. ނާނި ސަން އާ ވާހަކަ ދައްކަމުން މިއަދު ވިދާޅުވީ އޭނާ އިއްޔެ އިން ފެށިގެން އޮފީހަށް ނުކުންނަވަމުން އަންނަނަ ކަމަށެވެ. ޔޫތު މިނިސްޓްރީގައި ކޯޑިނޭޓަރުންގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ)، އަލީ ޝާހިދު (ސްޓެޕް އައްޔަ) ވެސް ހިމެނެ އެވެ. އޭގެ އިތުރުން މިދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގައި ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމް ކޯލިޝަން ތެރެއިން ކުރިމަތިލައްވައިގެން ނާކާމިޔާބުވެވަޑައިގެންނެވި ނަހްލާ އަލީ އަށް ވެސް ވަނީ ފޮރިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ދެއްވާފަ އެވެ.