އިޝާންގެ އާއިލާ އިން ބުނީ އިޝާންގެ މެޔަށް އެރި ވަޅި ފުއްޕާ މެޔަށް ފޯރާފައިވާ ކަމަށާއި އަދި ފުއްޕާ މެޔަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.


މާލެ އަތޮޅު ގާފަރު، އަފުރާވިލާ އަހުމަދު އިޝާން،24، ގަޔަށް ވަޅިހަރާފައި ވަނީ އޭނާ އައިޖީއެމްއެޗުކައިރީ ބޮޑުތަކުރުފާނު މަގުގައި ސައިކަލްގައި އިންދައި ސައިކަލެއްގައި އައި ދެ މީހުން ކަމަށް އޭނާގެ އާއިލާ އިން ބުންޏެވެ.


22:23


އިޝާންގެ ހާލު ސީރިއަސްވެ އޮޕަރޭޝަން ކުރުމަށް ތިއޭޓަރަށް ދެންމެ ވައްދައިފި ކަމަށް އައިޖީއެމްއެޗުގައި ހުރި ސަން އޮންލައިންގެ ޖާނަލިސްޓް ހުސައިން ހަސަން ބުންޏެވެ.


 


އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ. އަދި އެކަން ވަނީ ފުލުހުން ވެސް ކަށަވަރުކޮށްދީފަ އެވެ.


އެ ހާދިސާގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައި ވަނީ ކާކު ކަމެއް އަދި ހަމަލާ ދިނީ ކާކު ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.


ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާ އަރާފައި ވަނީ އެމްއެންޑީއެފުގެ މީހެއްގެ ގަޔަށެވެ.


ފުލުހުން ދެންމެ ބުނީ  ހަމަލާ އަރާފައި ވަނީ ސިފައިންގެ މީހެއްގެ ގަޔަށް ކަމަށާއި އޭނާގެ މެޔާ ދިމާލުން ދެ އިންޗިހާ ފުނަށް ވަޅި ވަދެފައިވާ ކަމަށެވެ. އަދި އޭނާ އަށް އިމަޖެންސީ ރޫމްގައި ފަރުވާ ދިނުމަށް ފަހު އެކްސްރޭއެއް ނެގުމަށް މިހާރު އޮތީ އެކްސޭ ރޫމްގައި ކަމަށް އައިޖީއެމްއެޗުގައި ތިބި ސަން އޮންލައިންގެ ޓީމުން ބުންޏެވެ.


ފުލުހުން ބުނީ ސިފައިންގެ މީހާގެ މެޔަށް ހަމަލާދީފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހުން ކަމަށާއި އޭނާ ހަމަލާދީފައި ވަނީ އައިޖީއެމްއެޗު ކައިރިން ކަމަށެވެ.


އައިޖީއެމްއެޗުގައި އޮތް ސިފައިންގެ މީހާގެ އާއިލާ އިން ބުނި ގޮތުގައި ހަމަލާ އަރާފައި ވަނީ ކ.ގާފަރު އަހުމަދު އީޝާން، 24، އަށެވެ.


އީޝާންގެ އާއިލާ އިން ދެންމެ ބުނީ އީޝާންގެ ގަޔަށް ވަޅި ހަރާފައި ވަނީ އޭނާ އައިޖީއެމްއެޗު ކައިރީ ބޮޑުތަކުރުފާނު މަގުގައި ސައިކްލަގައި މަޑުކޮށްލައިގެން އިންދައި ސައިކަލެއްގައި އައި ދެ މީހުން ކަމަށެވެ.


އީޝާންގެ ހާލު ބެއްލެވުމަށް ޗީފް އޮފް ޑިފެންސް ފޯސަސް މޫސާ އަލީ ޖަލީލު ވެސް އައިޖީއެމް އެޗަށް ވަޑައިގެންފި އެވެ.