މާދަމާ ރޭ ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނަތީޖާތައް ހޯދުމަށް ބްރެޒިލްގެ ސަޕޯޓަރުން ވެލައެއް ބޭނުން ކުރަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގަޮތުން، މުބާރާތުގެ ކޮންމެ މެޗެއް ފެށުމުގެ ކުރިން، މެޗުގެ ނަތީޖާ ހޯދުމަށް ވެލާ ފެންގަނޑަކަށް ލުމަށް ފަހު، ކުޅޭ ދެ ގައުމުގެ ދެދިދަ ފެންގަނޑުގެ ދެ ކޮޅުގައި ބަހައްޓަ އެވެ. އަދި އެ ދެދިދައިން ކުރެ ކޮންމެ ދިދައެއް ކައިރީގައި މަހެއް އެލުވައިފައި ބާއްވަ އެވެ. ވެލަޔަށް ޖެހޭނީ އެތަނުން ކޮންމެވެސް އެއް ދިދައެއްގެ ކައިރީގައި އޮންނަ މަސް އިޚުތިޔާރުކޮށް އެ މަސް ކައިލާށެވެ. އެ ގޮތުން އެ މަސް ކައިލުމުގައި ވެލާ އިޚުތިޔާރުކުރާ ކޮޅަކީ މޮޅުވާ ޓީމުގެ ކޮޅެވެ.

މީޑިއާ ތަކުގައި މި ވެލަޔަށް މިހާރު ހަރުކޮށްފައިވާ މަޝްހޫރު ނަމަކީ "ބިގް ހެޑް" އެވެ. އަދި އެއީ އުމުރުން 25 އަހަރުގެ ފިރިހެން ވެލައެއް ކަމަށް ވެސް މީޑިއާ ރިޕޯޓު ތަކުގައިވެ އެވެ.

http://www.sun.mv/albums/l_27367.jpg

ބްރެޒިލްގެ ނޫސްތައް ބުނާގޮތުން މުބާރާތް ހުޅުވުމަށް ޓަކައި ބްރެޒިލްއާ ދެކޮޅަށް ރާއްޖޭ ގަޑިން މާދަމާރޭ ދަންވަރު 1:00 ގައި ކްރޮއޭޝިއާ ކުޅޭ މެޗުގެ ނަތީޖާ ބިގް ހެޑް މިހާރު ވަނީ ބުނެފައެވެ. ބިގް ހެޑް ބުނާގޮތުން މާދަމާރޭގެ މެޗުން މޮޅުވާނީ ބްރެޒިލް އެވެ. ބިގް ހެޑް ވަނީ ބްރެޒިލްގެ ދިދަ ކައިރީގައި އެލުވައިފައި އޮތް މަސް ކައިލައިގެން ބްރެޒިލްގެ ސަޕޯޓަރުން އުފާކޮށްދީފަ އެވެ.

ބްރެޒިލްގެ ނޫސްތަކުގައި ބުނެފައި ވަނީ، ވޯލްޑް ކަޕްގެ ނަތީޖާ ނެރުމަށް އެގައުމުގެ ސަޕޯޓަރުން މިފަހަރު ނެރުނު ވެލައާ މެދު ތަފާތު ގޮތް ގޮތަށް ވާހަކަ ދައްކާ ކަމަށާއި އެވެލަޔަކީ "މޮޔަ" ވެލައެއްގެ ގޮތަށް ވެސް ބައެއް މީހުން ސިފަކުރާ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ އެވެލައަށް ތައުރީފް ކޮށްފައި ކަމަށް ވެސް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

އެންމެ ފަހުން ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނަތީޖާ ބެލުމަށް ބޭނުން ކޮށްފައި ވަނީ ބޯވަ އެކެވެ. އެގޮތުން އެފަހަރު އެބޯވަ ވަނީ ގިނަ މެޗްތަކެއްގެ ނަތީޖާ ދިމާކޮށްފައެވެ.
https://www.youtube.com/watch?v=KFh-Y2bgIjw