11 Jun 2014, 00:10
ލައިސަންސް ނެތް ބިދޭސީ ޑްރައިވަރަކު އޮޕަރޭޓު ކުރި ކެރޭނެއް ފުރޮޅާލައި ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހަވީރު 5:10 އެހާކަންހާއިރު ތިލަފުށީގައި ބަނދަރު ސަރަހައްދުގައި ކަމަށެވެ. ކެރޭނު ފުރޮޅާލި ވަގުތު ކެރޭނުގެ މަތީގައި ހުރި ބިދޭސީއަކު ބިންމައްޗަށް ވެއްޓި އަނިޔާވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަނިޔާވި ބިދޭސީ މީހާ ފުލުހުންގެ އެހީތެރިކަމާއެކު މާލެ ގެނެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންދެމުންނެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ކެރޭނެ ފުރޮޅާލުމުން ކެރޭނުގެ އެއް ބައި އަދިވެސް އޮތީ މޫދުގަ އެވެ. ކެރޭނު ފޮރޮޅާލި މައްސަލާގައި ލައިސަންސް ނެތް ޑްރައިވަރަކު ހައްޔަަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.