10 Jun 2014, 17:22
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ގާސިމް އަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނާއި ޑިފެންސް މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަން ގާސިމް ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
"ސޯޝަލް މީޑިއާގައި އެ ވާހަކަށް އުޅުނީ. އަޅުގަނޑުގެ ގާނޫނީ ވާޖިބު އަދާ ކުރުމުގެ ގޮތުން އެކަން ވާނީ ޑިފެންސް މިނިސްޓްރީ އާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި،" ގާސިމް ވިދާޅުވި އެވެ.