ނަސީބުވެރި ފަރާތަކަށް 100،000އަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމުތަކެއް ލިބޭ "ސޮނީ ފީފާ ވޯލްޑްކަޕް ޕްރޮމޯޝަން" ރީފްސައިޑުން މިއަދު ފަށައިފި އެވެ.

ސޮނީ ބްރޭންޑުގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ، ރީފްސައިޑުން މިއަދު ޕްރޮމޯޝަން ފެށުމަށް ރީފްސައިޑް ސޮނީ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މާކެޓިން އެގްޒެކެޓިވް ހަސަން ރިފާއު ވިދާޅުވީ ޕްރޮމޯޝަންގައި ޖުމްލަ ތިން ޕެކޭޖެއް ހިމަނާފައި ވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ޕެކޭޖެއްގެ ގޮތުގައި 32 އިންޗީގެ ސޮނީ ބްރާވިއާ ޓީވީއެއް 6000 ރުފިޔާއަށް ލިބޭއިރު ޓީވީ އާއިއެކު ޑީވީޑީ ޕްލޭޔަރަކާއި ޕެންޑްރައިވެއް ހިލޭ ލިބެއެވެ. އަދި ދެވަނަ ޕެކޭޖެއްގެ ގޮތުން 40 އިންޗީގެ ސޮނީ ބްރާވިއާ ޓީވީއެއް 9300 ރުފިޔާއަށް ލިބޭއިރު އެ ޓީވީއާ އެކު ޑީވީޑީ ޕްލޭޔަރަކާއި ޕެންޑްރައިވެއް ހިލޭ ލިބެއެވެ.

ޕްރޮމޯޝަންގެ އެންމެ ހާއްސަ ޕެކޭޖެއްގެ ގޮތުގައި 60 އިންޗީގެ ސޮނީ ބްރާވިއާ ޓީވީ އެއް 28000 ރުފިޔާ އަށް ލިބޭއިރު އެ ޓީވީއާއި އެކު ސޮނީ ބްރޭންޑްގެ ވީޑިއޯ ކެމެރާއެއް ހިލޭ ލިބޭނެ ކަމަށް ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ އެ ޕްރޮމޯޝަންގެ ތެރޭގައި ރީފްސައިޑުން ކުރާ، 500 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އެގޮތުން ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ކޫޕަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް 60 އިންޗީގެ ސޮނީ ބްރާވިއާ ޓީވީ އެއް ލިބޭނެ ކަމަށާއި އެ ޓީވީ އާއިއެކު ހޯމް ތިއޭޓާ ސިސްޓަމަކާއި ހޭންޑީ ވީޑިއޯ ކެމެރާއެއްގެ އިތުރުން ސޮނީ ސައިބާޝޮޓް ކެމެރާ އަކާއި ޕޯޓެބަލް ސައުންޑް ސިސްޓަމެއް ލިބޭނެކަމަށް ރިފާއު ވިދާޅުވި އެވެ.

ރީފްސައިޑުން މިއަދު ފެށި ޕްރޮމޯޝަން ޖުލައި މަހުގެ 13 ވަނަ ދުވަހާ ހަމައަށް މަޖީދީ މަގުގައި ހުންނަ ރީފްސައިޑް އިލެކްޓްރޯނިކްސް އާއި އޯކިޑްމަގާއި ޗާންދަނީމަގު އެއްވާ ކަންމައްޗަށް ހުންނަ ސޮނީ ސެންޓާ ގައި ކުރިޔަށް ގެންދާއިރު ސޮނީ ބްރާވިއާ ބްރޭންޑްގެ އެހެން ސައިޒް ތަކުގެ ޓީވީތަކުގެ އަގުވެސް ވަނީ ހެޔޮކޮށްފަ އެވެ.