ސ. ފޭދޫ ގެއެއްގެ ތެރޭ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު އަހުމަދު ޝިފާން މިއަދު ސަން އަށް ވިދާޅުވީ ފޭދޫ ގެއެއްގެ ތެރޭގައި ދަންޖެހިފައި ހުއްޓައި ފެނުނީ އެ ރަށު ރޯނުގެ އަދުނާން ހުސެއިން، 37، ކަމަށެވެ. އޭނާ ދަންޖެހިފައި ހުއްޓައި ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ތެރެއިން ކަމަށް ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި ބޭރުފުށުން އެއްވެސް ޒަހަމެއް ނެތް ފެންނަން ނެތް ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.