ޖިއޯޒީ އަލްޓީޑޯ ކާމިޔާބުކުރި ދެ ގޯލާއެކު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާ ކުޅުނު އެންމެ ފަހު މެޗުގައި 1-2 އިން ނައިޖީރިޔާ އަތުން މޮޅުވެއްޖެ އެވެ.

ފްލޮރިޑާގެ ޖެކްސަންވީލްގެ އެވާބޭންކް ފީލްޑްގައި ކުޅުނު މިމެޗުގައި އަލްޓިޑޯ ކާމިޔާބުކޮށްދިން ލަނޑަކީ ވޭތުވެދިޔަ ހަމަސް ތެރޭގައި ގައުމީޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. މެޗުގެ ފުރަތަމަ ގޯލް އަލްޓިޑޯ ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 32 ވަނަ މިނިޓުގަ އެވެ. އަދި ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. މި މެޗްގައި ނައިޖީރިޔާ ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްފައި ވަނީ މެޗްގެ 86 ވަނަ މިނިޓްގައި ވިކްޓާ މޮސް އެވެ.

އެމެރިކާ ވަނީ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް އެޓީމުން ކުޅުނު ތިންމެޗުން ވެސް މޮޅުވެފައެވެ.
މިމެޗް ވެގެން ގޮސްފައި ވަނީ އެމެރިކާގެ ގޯލްކީޕަރު ޓިމްހޮވާޑް ގައުމީޓީމަށް ކުޅުނު 100 މެޗަށެވެ. އިނގެރޭސި މަޝްހޫރު ރެފްރީ ކަލްޓަންބާގް ރެފްރީކަން ކުރި މި މެޗުގައި ގިނައިރު ބޯޅަ ހިފަަހައްޓައި ގިނަ ހަމަލާތައް ގޯލަށް އަމާޒުކޮށްފައި ވަނީ ވެސް އެމެރިކާއިންނެވެ.

ވޯލްޑްކަޕް ގައި އެމެރިކާ ހިމެނެނީ ޖަރުމަނާ، ޕޯޗުގަލް އަދި ގާނާ އާއި އެކު ގުރޫޕް ޑީ ގައެވެ.