09 Jun 2014, 12:49
ފީފާ ވޯލްޑް ކަޕައް ތައްޔާރުވުގެ ގޮތުން ކުޅުނު އެންމެ ފަހުމެޗްގައި 0-2 ޓްރިނިޑާޑް އެންޑް ޓޮބޭގޯ ބަލިކޮށް އީރާނުން ވޯލްޑްކަޕްގެ ތައްޔާރީތައް ނިންމާލައިފި އެވެ.
ބްރެޒިލްގެ ސައޮ ޕޯލޯގެ ކޮރިއަންތިއަސް އެރީނާގެ ހުސްކޮށް އޮތް ޓްރޭނިން ގްރައުންޑުގައި އެ މެޗު ބަލަން ގޮސް ތިބީ މަދު ޖާނަލިސްޓުން ކޮޅެކެވެ. އިރާނުން ފުރަތަމަ ގޯލްޖެހީ ފުރަތަމަ ހާފް ނިމެމުން ދަނިކޮށް ސެފަހާންއަށް ކުޅެމުން އަންނަ އެހްސާނު ހަޖީ ސާފީ އެވެ. މި ލަނޑު އެޓީމަށް އެހްސާނު ޖަހަދަނީ ފުލަމްއަށް ކުޅެމުން އަންނަ އަޝްކާން ޑިޖާގް ނަގައިދިން ކޯނަރަކުންނެވެ.
މެޗުގެ ދެވަނަ ހާފްުގެ ކުރީ ކޮޅުގައި އީރާނަށް ލީޑް އިތުރަށް ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. މެޗުގެ 50 ވަނަ މިނިޓް އީރާނަށް ލިބުނު ޕެނެލްޓީ އެ ޓީމުގެ ކެޕްޓަން ޖަވާދު ނެކުނަމަން ފޮނުވާލި ނަމަވެސް ކީޕަރު ވިލްއަންމްސް ވަނީ ދިފާއުކޮއްފައެވެ. އީރާނުގެ ދެވަނަ ގޯލް މެޗް 54 މިނިޓްގައި ޖަހައިދިނީ އިނގިރޭސިވިލާތުގެ ޗާލްޓަން އެތުލެޓިކްސްއަށް ކުޅޭ ރެޒާ ޗޫޗަންޖެހާދު އެވެ. މިއީ ވޯލްޑް ކަޕް ކޮލިފައިންގައި ވެސް އިރާނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.
އިރާނުން ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އޮސްޓްރީއާގެ ކޭންޕްގައި ކުޅުނު ތިންމެޗު ވެސް ނިމިފައި ވަނީ އެއްވަރުވެގެންނެވެ.