09 Jun 2014, 10:58
ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާ އެކު ތިން ދިވެއްސަކާއި ބޭރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭ 1:15ގައި މާލޭގެ ދެކުނު ބަނދަރު ކުނިކޮށްޓާ ދިމާލަށް ކައިރިކުރި "ހަކަތަ" ނަމަކަށް ކިޔާ ދޯނީގެ ތެރެއިން 86 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން 40 އަހަރުގެ މީހަކާއި 41 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެއްގެ އިތުރުން 44 އަހަރުގެ ބަނގުލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ދޯނި ތެރޭ ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ފެނިފައި ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑްރަގް އޮޕަރޭޝަން ޔުނިޓުން މާލެތެރެ ޕެޓްރޯލްކުރަމުން ދަނިކޮށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ހަރަކާތެއްގެ ތެރެއިން ކަމަށެވެ.