08 Jun 2014, 20:33
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
މުޣުނީ އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ޖެނުއަރީ 23، 2014ގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ.
ޖޭޕީ ޕީޕީއެމް ކޯލިޝަން ރޫޅުމާ އެކު ސަރުކާރުން އަންނަނީ އެ ޕާޓީ އަށް ނިސްބަތްވާ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރަމުންނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި އެމްޓީސީސީގެ ޗެއާމަން އިގްބާލް އާދާމްގެ އިތުރުން ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.