08 Jun 2014, 19:16
ދިރާގު ރޯޑު ރޭހުގައި ދުވަމުންދަނިކޮށް ސްޓްރޯކެއް ޖެހުނު އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރު ނިޔާވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ އިންޑިއާގެ ޑޮކްޓަރެއް ކަމުގައިވާ އަބީޝެކް ސިންހް ނިތާވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ހެނދުނު އެ ޑޮކްޓަރު އިންޑިއާއަށް ފޮނުވާލީ ހޮސްޕިޓަލްގެ ފުލް މެޑިކަލް ޓީމަކާ އެކު ކަމަށެވެ.
އަބީޝެކް ސިންހް ނިތާވީ، އަކީ ކަރުންމަތީގެ ޚާއްސަ ޑޮކްޓަރެކެވެ. އޭނާ ވަނީ ދެ އަހަރު ދުވަހު އޭޑީކޭ ހޮސްޕިޓަލްގައި ޚިދުމަތް ކުރައްވާފަ އެވެ.